ސުވާލު:. އިސްލާމް ދީނުގައި އަންހެން ކުދިންގެ އިސްތަށިގަނޑު ކޮށުން އޮންނަނީ ކިހިނެއްތޯ؟ އަދި މީހަކާ އިނުމުގެ ކުރިން ކޮށަންޏާ ބައްޕަ ކައިރިން ހުއްދަ ހޯދަން ޖެހޭނެތޯ؟ ބައްޕަ ނުރުހޭއިރު އިސްތަށުގަނޑު ކޮށުން އެއީ ޙަރާމް ކަމެއްތޯ؟
ޖަވާބު:. ފިރިހެނުންނާ އެއްގޮތް ނުވާ ގޮތަށް އަންހެން ކުދިންގެ ބޮލުގެ އިސްތަށި ކޮށިދާނެ. ނަމަވެސް ކައިވެނި ކުރުމުގެ ކުރިން ބައްޕަ ނުވަތަ ބެލެނިވެރިޔާގެ ހުއްދަ ހޯދަން ވާނެ. ކައިވެނި ކުރުމުގެ ފަހުންނަމަ ފިރިމީހާގެ ހުއްދަ ހޯދަންވާނެ.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް