ތިބާއަކީ ސުވަރުގެ ވަންނަން ދެކޮޅުހަދާ މީހަކަށް ވެވޭގޮތް އެނގޭހެއްޔެވެ؟: ޝައިޚް ޢއްޒުއްދީން ޢަދްނާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ތިބާއަކީ ސުވަރުގެ ވަންނަން ދެކޮޅުހަދާ މީހަކަށް ވެވޭގޮތް އެނގޭހެއްޔެވެ؟: ޝައިޚް ޢއްޒުއްދީން ޢަދްނާން

ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ "ތިމަން ކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ސުވަރުގެ ވަނުމަށް ދެކޮޅު ހަދައިފި މީހަކު ފިޔަވައި އެހެން އެންމެން ސުވަރުގެ ވަންނާނެ" ކަމަށެވެ. 

ސުވަރުގެ ވަނުމަށް ދެކޮޅު ހަދާނީ ކޮން ބައަކުތޯ ޞަހާބީން ސުވާލު ދެންންވުމުން ޙަދީޘްފުޅު ކުރެއްވެވީ "ސުވަރުގެ ވަނުމަށް އެދޭ މީހާއަކީ ތިމަން ކަލޭގެފާނުގެ އަމުރުފުޅުތަކަށް ކިޔަމަންވެ ކިޔަމަންތެރިކަން އަދާކުރާ މީހާއެވެ. ދެކޮޅު ހަދާ މީހާއަކީ ތިމަން ކަލޭގެފާނުގެ އަމުރުފުޅުތަކަށް ކިޔަމަންތެރިނުވާ މީހެކެވެ!." 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތައާލާ ވަޙީކުރައްވަވާފައިވަނީ އެކަލާގެއަށް ކުއްތަންވާން އެދޭ މީހާ ރަސޫލް () ދެކެ ލޯބިވުމަށެވެ. އެކަލާނގެ އާއި އެކަލާނގެ ރަސޫލާ () އަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމަށެވެ! 

ހަމަ އެޢާއިއެކު ކިޔަމަންތެރިކަން އަދާކުރުމުން ދެއްވަވާނެ މަތިވެރި ނިޢްމަތްތަކާއި ކިޔަމަންތެރި ނުވުމުން ދެއްވަވާނެ ގަދަފަދަ ޢަޛާބުގެ ވާހަކަވެސް ވަނީ ވަޙީކުރައްވަވައިފައެވެ. 

"އެއީ، ﷲ  ކަނޑައަޅުއްވައި އަންގަވާފައިވާ އިންތަކެވެ. ﷲ  އަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވާ މީހާ، އެތާނގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާނެތެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ." (އައްނިސާ: 13) 

"އަދި، ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހަކު، ނަރަކައަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަން ދެނިވި ޢަޛާބް ހުށްޓެވެ." ( އައްނިސާ: 14) 

ﷲ ތަޢާލާ އަށާއި އެކަލާނގެ ރަސޫލާއަށް ލޯބިވުމަކީ ނުވަތަ ކިޔަމަންތެރިކަން އަދާކުރުމަކީ ދުލުކުރިން ބުނެލާ ބަހަކުން ކުރެވެން އޮތް ކަމެއް ނޫނެވެ. އެއީ ތިމާގެ އަމަލުތަކުން ކޮށް ދައްކަން ޖެހޭ ކަމެކެވެ. އަޅުގަނޑުމެންނަށް ކުރިމަތިވެފައި މިވާ ނިކަމެތި ޙާލަތުން އަރައިގެނެވޭނީ ވެސް ﷲ ތަޢާލާ އަށް ކުށްތަންވެވުނު މިންވަރަކުންނެވެ! ވިމާ ގަދައަޅައި އެންމެ ބޮޑަށް މަސައްކަތްކުރަންވީ ﷲ ތަޢާލާ އާއި ކުށްތައް ވުމަށެވެ. 

- ޝައިޚް ޢިއްޒުއްދީން ޢަދުނާންގެ ދަރުސްކުން

 

 

 

މިއަދު އޮންލައިން