މީސްތަކުންނަށް ވިޔަސް ނުބައި ބަސްތައް ބުނެ ނުބައި އަމަލުކުރާ މީހުންނާއެކު ނުވުމަކީ ﷲ ގެ އަމުރުފުޅެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
މީސްތަކުންނަށް ވިޔަސް ނުބައި ބަސްތައް ބުނެ ނުބައި އަމަލުކުރާ މީހުންނާއެކު ނުވުމަކީ ﷲ ގެ އަމުރުފުޅެއް!: މުފްތީ މެންކް

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.

"ތިމަންރަސްކަލާނގެ އާޔަތްތަކާމެދު ދޮގުވާހަކަ ދައްކައިއުޅޭ މީހުން ކަލޭގެފާނަށް ފެނިވަޑައިގެންފިނަމަ، އެއުރެން އެ ނޫން ވާހަކައެއް ދައްކައިފުމަށް ދާނދެން އެއުރެންގެ ކިބައިން ވަކިވެވަޑައިގަންނަވާށެވެ! އަދި ޝައިޠޯނާ ކަލޭގެފާނު ހަނދުމަނެތި ކޮށްފިނަމަ (އެކަން) ހަނދުމަވުމަށްފަހު، އަނިޔާވެރިވީ މީސްތަކުންނާއެކު ފަހެ، ކަލޭގެފާނު ނީންނަވާށެވެ!" (އަލް އަންޢާމް: 68)

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއީ އަހަރެމެން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. މިހާރަކަށް އައިސް މަޖިލިސްތަކުގައި، ބައްދަލުވުންތަކުގައި މިއާޔަތަށް ސަމާލުކަން ދެވެނީ ވަރަށް ކުޑަ ގޮތަކަށެވެ. ގިނަފަހަރަށް ސަމާލުކަން ނުވެސްދެވެއެވެ.

މަޖިލިސްތަކެވެ ބުނުމުން އެއީ ބޮޑެތި ޖަލްސާތައް ކަމުގައި ނުދެކޭށެވެ. އެކަކަސްވުރެ ގިނަ މީހުން ތިބިނަމަ އެއީ މަޖިލީހެކެވެ. ﷲ ތައާލާއަށް ނުބައި ބަސްތައް ބުނެ ނަހީކުރައްވަވާފައިވާ ކަންކަމަށް ހިތްވަރުދީ، ﷲ ތައާލާގެ ދީނާއި ޚިލާފް ވާހަކަތައް ދައްކާ މަޖިލިސްތަކުގައި ބައިވެރިނުވާށެވެ! އަދި މީހުންނަށް އެއްޗެތިކިޔާ މަޖިލިސްތަކުގައި ވެސް ބައިވެރިނުވާށެވެ! އެފަދަ ކަންކަން ކުރާ މީހުންނާއި ކައިރިވެސް ނުވެ ދުރުހެލިވާށެވެ! ހެޔޮލަފާ ރަނގަޅު ވާހަކަ ދައްކައިފުމަށް ދާންދެނެވެ.

މިއާޔަތުން އެނގިގެންދަނީ ﷲ ތައާލާ އާއި އަދި އެކަލާނގެ ރަސޫލާ () އާއި އަދި އިސްލާމް ދީނާއިމެދު ނުބައި ވާހަކަތައް ދައްކާ މަޖިލިސްތަކުގައި ބައިވެރިނުވުމުގެ އިތުރުން ނުބައި އަމަލުތައް ކުރާ ތަންތަނުގައިވެސް ހުރެގެން ނުވާނެ ކަމެވެ.

ވީމާ ރަނގަޅު ކަންކަންކޮށް ރަނގަޅު ހެޔޮލަފާ ބަސްތައް ބުނާ މީހުންނާއިއެކުގައިވާށެވެ! ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުން ވަނީ އެއިރުންނެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން އޮތީވެސް އެއިރުންނެވެ.

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން