ޝަހާދަތް ކިޔައި އުޅުނަސް ގިނަ ބައަކަށް ނަރަކައަށް ވަންނަން ޖެހެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޝަހާދަތް ކިޔައި އުޅުނަސް ގިނަ ބައަކަށް ނަރަކައަށް ވަންނަން ޖެހެނީ ކީއްވެ؟

ޝަހާދަތް ކިޔައި އުޅުނަސް ގިނަ ބައަކަށް ނަރަކައަށް ވަންނަން ޖެހެނީ ކީއްވެ؟

މިއީ ވަރަށް ގިނަ ބައަކު އަހުރެންނާއިކުރާ އެއް ސުވާލެވެ. އެމީހުން ބުނަނީ އެމީހުންގެ އަމިއްލަ ނަފުސާއިވެސް މިސުވާލު ވަރަށް ގިނައިން ކުރެވޭ ކަމަށެވެ. އެހެންކަމުން އަހުރެންގެ ބަސް ބުނެލާނަމެވެ. ނުވަތަ އަހުރެންގެ ޖަވާބަކީ:

"ޝަހާދަތީ މީހާއަށް ވެވޭ އެންމެ ބޮޑު އިޤްރާރެވެ! ޝަހާދަތް ކިޔައިލަން ނަގާނީ އެންމެ މިނިޓެކެވެ. ނަމަވެސް ޝަހާދަތުގެ މަތީގައި ދެމިހުންނަން މުޅި އުމުރު މަސައްކަތްކުރަން ޖެހޭނެއެވެ! އެއިރުން ދެއްވަވާ އިނާމަކީ ސުވަރުގޭގެ ދާއިމީ ނިޢްމަތެވެ!"

ރަނގަޅަށް ވިސްނައިލާށެވެ. ޝަހާދަތް ކިޔުމަކީ ތިމާ 2 ކަމަކަށް އެއްބަސްވުމެވެ. ހިތުގެ އަޑިން އެދެކަންތައް ޤަބޫލުކުރުމެވެ. ފުރަތަމައީ ﷲ ތަޢާލާއީ އެއްކައުވަންތަ ކަލެއް ކަމަށާއި ﷲ ތަޢާލާ ފިޔަވައި ޙައްޤުވެގެން އަޅުކަންކުރުން ޙައްޤު އިލާހަކު ނުވާކަން ޤަބޫލުކުރުމާއި އެކަންކަމަށް ހެކިވުމެވެ. ދެވަނައީ މުޙައްމަދު ﷺ އީ ﷲ ތަޢާލާ ފޮނުއްވެވި ރަސޫލަކު ކަމަށާއި އެއީ އެންމެ ފަހުގެ ރަސޫލާކަން ޤަބޫލުކޮށް އެކަންކަމަށް ހެކިވުމެވެ. މިދެކަންތަކުގައި ހިމެނޭ އެންމެހައި ކަންކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ.

މިކަންކަން ހިތުގެ އަޑިން ޤަބޫލުކޮށް ހެކިވާކަމަށް ބުނެލުމަކީ ކޮންމެ މީހަކަސްވެސް ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ. އުނދަގޫވަނީ އެކަންކަން ޤަބޫލުކޮށް ހެކިވުމަށްފަހު ޢަމަލުން އެކަންކަން ދެއްކުމެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯޅަނބައިގެން އުޅުމެވެ. ކީރިތި ޤުރްއާނަށް ޢަމަލުކުރުމެވެ. ރަސޫލް ﷺ ގެ ސުންނަތަށް ޢަމަލުކުރުމެވެ.

ޝަހާދަތް ދުލުންކީ ނަމަވެސް ގިނަބައަކަށް ނަރަކައަށް ވަންނަން ޖެހެނީ އެހެންވެގެންނެވެ. ޝަހާދަތް ކިޔައި އަމަލުކޮށްފި މީހަކު ނަރަކައިން މިންޖުކުރައްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން