ޤިޔާމަތް ދުވަހު ގެންދަން ކަމުދާނެ ސަލާމަތްވެގެންވާ ހިތެއް ލިބިގަތުމަށް އެދޭމީހާ ސަމާލުކަންދޭންވީ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޤިޔާމަތް ދުވަހު ގެންދަން ކަމުދާނެ ސަލާމަތްވެގެންވާ ހިތެއް ލިބިގަތުމަށް އެދޭމީހާ ސަމާލުކަންދޭންވީ ބައެއް ކަންކަން-

މީސްތަކުންނޭވެ! މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެކެވެ. ސަލާމަތްވެގެންވާ ހިތަކީ ކޮބައިތޯއެވެ؟ ސަލާމަތްވެގެންވާ ހިތަކީ ކޮބައިތޯއެވެ؟ ސަލާމަތްވެގެންވާ ހިތެއްގެ މުހިންމުކަން އެހައި ބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟  

ސަލާމްލެއްވި އިބްރާހީމްގެފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމެއް އޮވެއެވެ. އެއީ ސަލާމަތްކަން ލިބިގެންވާ ހިތާއިގެން ދެވިއްޖެނަމަ ނޫނީ ޤިޔާމަތް ދުވަހު އެއްވެސް މީހަކަށް އެއްވެސް ސަލާމަތްކަމެއް ނެތްކަމެވެ.  

ސަލާމަތްކަން ލިބިގެންވާ ހިތެއް ލިބިފައިވާ ކަމުގެ ފުރަތަމަ ޝަރުޠަކީ އެހިތަކީ އެހެން ހުރިހާ އެއްޗަކަށްވުރެ، އެހެން ހުރިހާ މަޚްލޫޤުންނަށްވުރެ އަދި ތިމާގެ އަމިއްލަ ދަރިންނަށްވުރެވެސް އެހިތުގައި ﷲ ތަޢާލާއަށް ލޯބިވުން ބޮޑުވެގެންވާ ހިތެއްކަމުގައިވުމެވެ.  

ހަމައެއާއިއެކު އެހިތުގައި އެންމެ ބޮޑު ބިރުވެތިކަމެއް ﷲ ތަޢާލާއަށް އޮތުމެވެ. އިބްރާހީމްގެ ބައްޕާފުޅު، ކާބަފައިންގެ ދީނަށް އެނބުރިވަޑައިނުގެންފިނަމަ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދިނުމުންވެސް ބިރުފުޅު ނުގެން ﷲ ތަޢާލާއަށް ބިރުވެތިވެވަޑައިގަތީ އެހެންވެގެންނެވެ.  

އެހިތަކީ މީސްތަކުންނަށް ރަޙުމްކުރާ ހިތަކަށްވެސް ވާންޖެހޭނެއެވެ. ލޫޠްގެފާނުގެ ޤައުމުގެ މީހުންނަށް ކޯފާ ފޮނުއްވަވަން އުޅުއްވަވާކަން އެނގިވަޑައިގަތުމުން، އެމީހުން އެނުބައި ޢަމަލުކުރަމުން ދިއައިރުވެސް އެމީހުންނަށް ދެވަނަ ފުރުޞަތެއް ދެއްވެވުމަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެމީހުން ކުރަމުން ދިއަ ފާފައިގެ ބޮޕޑުކަމުން ދެވަނަ ފުރުޞަތެއް ﷲ ތަޢާލާ ނުދެއްވެވީއެވެ.  

"އެދުވަހަކީ، މުދަލެއްވިޔަސް އަދި ދަރިންނެއްވިޔަސް މަންފާއެއް ނުކުރާނެ ދުވަހެވެ!. (.) 

ސަލާމަތްވެގެންވާ ހިތަކާއިގެން ﷲ ގެ ޙަޟްރަތަށް އައި މީހަކަށް މެނުވީއެވެ." (އައްޝުޢަރާ: 88،89)  

"އަދި އެއުރެން، (އެބަހީ: މީސްތަކުން) މަޙްޝަރަށް ފޮނުއްވަވާ ދުވަހު. މިއަޅާ ނިކަމެތި ނުކުރައްވަވާނދޭވެ!" (  87) 

އިބްރާހީމްގެފާނު ﷲ ތަޢާލާއަށް ދެންނެވިކަން ޤުރްއާނުން އެނގެންހުރި މިކަންކަމަށް އަހަރެމެންވެސް އެދެންޖެހޭނެއެވެ. އަދި އެފަދަ ހިތެއްގެ ވެރިއަކަށްވުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އިޚްލާޞްތެރިކަމާއިއެކު ނިޔަތްގަނެގެންމަސައްކަތްކުރާމީހާއަށް ﷲ ތަޢާލާ ހުރިހާ ކަމެއްވެސް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން