އުފަލުގަ ހުންނަން ބޭނުންވާނަމަ އެހެން މީހުންގެ ސިފައަށާ އެމީހުންނަށް ދެއްވަވާފައިވާ ނިޢްމަތްތަކަށް ކަންބޮޑުނުށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އުފަލުގަ ހުންނަން ބޭނުންވާނަމަ އެހެން މީހުންގެ ސިފައަށާ އެމީހުންނަށް ދެއްވަވާފައިވާ ނިޢްމަތްތަކަށް ކަންބޮޑުނުށެވެ!: މުފްތީ މެންކް

"ކޮންމެ މީހަކީވެސް ހަމަ ރީތި މީހެކެވެ. ހަމަ "އޮރިޖިނަލް" އެކެވެ. (ﷲ ތައާލާ އުފެއްދެވި ސިފައިގައި ހުރި ސިފައިގައި ހުރި މީހެކެވެ.) ތިބާއަކީ ތިބާއެވެ! (ތިބާ ތއަހުރީ ހަމަ ﷲ ތަޢާލާ އުފެއްދެވި ގޮތުގައެވެ. ﷲ ތަޢާލާ އުފެއްދެވި ސިފައިގައެވެ.) ވީމާ ކޮންމެ މީހަކީވެސް ހަމަ އެމީހެކެވެ. އެއްވެސް އެހެން މީހެއް ނޫނެވެ! 

ޙަޤީޤީ ކާމިޔާބީ ޙާޞިލުކުރެވޭ ނުވަތަ މޮޅުވާ މީހުންނަކީ އެމީހާ ﷲ ތަޢާލާ އުފައްދަވާފައިވާ ގޮތަށާއި މިންވަރުކުރައްވަވާފއިވާ ނިޢްމަތްތަކަށް ޝުކުރުވެރިވެ އުފަލުގައި ތިބޭ މީހުންނެވެ. 

އެހެން މީހުން ނުވަތަ އުފައްދަވާފައިވާ ގޮތާއިމެދު (އަނެކާގެ ރީތިކަން/ ސިފަ ފަދަ) އަދި އެހެން މީހަކަށް މިންވަރުކުރައްވަވާފައިވާ ނިޢްމަތްތަކާއިމެދު ވިސްނުމަކީ ތިބާއަށް ކުރަން ޖެހޭ ކަމެއް ނޫނެވެ."

- މުފްތީ މެންކް

މިއަދު ވަރަށް ގިނަ ބައަކު އެންމެ ބޮޑަށް ސަމާލުކަންދެނީ ކޮންމެވެސް މީހަކު ހުންނަ ސިފަ ރީތިވެގެން އެސިފައިގައި ހުންނަން މަސައްކަތްކުރުމަށެވެ. އެކަމަށް ބޮޑެތި ހޭދަތައްވެސް ކުރެއެވެ. 

މުފްތީ މެންކު ވިދާޅުވެފައި އެވަނީ އެގޮތަށް އެކަންކަން ނުކުރުމަށެވެ. އެކަން އެގޮތަށް ނުކޮށް ހުރެވޭނީ ފުރަތަމަ ކަމަކަށް ތިމާއަށް ތިމާ ރީތިވެގެންނެވެ. ތިމާ ދުނިޔެއަށް ފޮނުއްވަވާފައި މިހުރީ މިހުރީ ތިމާ ހުރުމަށް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ސިފައިގަން ޤަބޫލުކުރާށެވެ. އެކަން ޤަބޫލުކުރެވިއްޖެނަމަ އެހެން މީހުންގެ ސިފައަށް ކަންބޮޑެއް ނުވާނެއެވެ.

މިއަދު އޮންލައިން