ރަވާތިބު ސުންނަތްތަކަކީ ކޮބާ؟ ކުރުމުން ލިބޭ ފައިދާއަކީ ކޮބާ؟: ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ރަވާތިބު ސުންނަތްތަކަކީ ކޮބާ؟ ކުރުމުން ލިބޭ ފައިދާއަކީ ކޮބާ؟: ޙަދީޘުން

ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވިކަމަށް އުންމު ހަބީބާ ރަޟިއަﷲ ތަޢާލާ އަންހާގެ ކިބައިން ރިވާވެގެންވެއެވެ.

"އެއްވެސް މީހަކު ފަރުޟު ނަމާދު ފިޔަވައި ސުންނަތް ނަމާދުގެ ބާރަ ރަކުޢަތް ﷲއަށްޓަކައި ކޮންމެ ދުވަހަކު ކޮށްފިކަމުގައި ވަނީނަމަ ﷲ ސުބްހާނަހޫ ވަތަޢާލާ އެމީހަކަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެކަމަށް! އެއީ ފަތިސްނަމާދުގެ ކުރިން 2 ރަކުއަތާއި މެންދުރުނަމާދުގެ ކުރިން 4 ރަކުޢަތާ މެންދުރު ނަމާދުގެ ފަހުން 2 ރަކުއަތާ މަޣްރިބް ނަމާދުގެ ފަހުން 2 ރަކުއަތާ އަދި އިޝާނަމާދުގެ ފަހުން 2 ރަކުއަތް."

މި ބާރަ ރަކުއަތަށް ރައްކާތެރިވެއްޖެ މީހަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެކަމުގެ އުފާވެރިކަމުގެ ޚަބަރު މިވަނީ ދެއްވާފައެވެ! ދުނިޔޭގައި 1000 ބުރިއަށް ގެއެއް އެޅުމުން ކުރާނެ ފައިދާއަކީ މިމަތިވެރި ނިޢްމަތަށް ބަލާއިރު ހަމަ ސުމެއް ނޫންހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން