ފަރުޟު ރޯދަ ހިފިނަމަވެސް ސުންނަތް ރޯދަ ހިފިނަމަވެސް ހިފާ ރޯދަތައް ޤަބޫލުފުޅުކުރައްވަވައި "އައްރައްޔާން" ދޮރުކޮޅުން ވައްދަވާތޯ ގިނަގިނައިން ދުޢާކުރަންޖެހޭ ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ފަރުޟު ރޯދަ ހިފިނަމަވެސް ސުންނަތް ރޯދަ ހިފިނަމަވެސް ހިފާ ރޯދަތައް ޤަބޫލުފުޅުކުރައްވަވައި "އައްރައްޔާން" ދޮރުކޮޅުން ވައްދަވާތޯ ގިނަގިނައިން ދުޢާކުރަންޖެހޭ ސަބަބު!

މިއަހަރުގެ ފަރުޟު ރޯދަ ހިފައިފީމުއެވެ. ރަމަޟާން މަހަށް ފަހު މިގެންދަނީ ސުންނަތް ރޯދަތައް ހިފަމުންނެވެ. ވިސްނާލަންވި ކަމަކީ ރަމަޟާން މަސް ނިމިދިއުމުން އެމަހުގައި ހިފި ރޯދަތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާތޯ ދެން އޮންނަ 6 މަސް ދުވަހު ޞަޙާބީން ދުޢާކުރައްވަމުން ގެންދެވިކަމެވެ. 

މިކަމަކީ މިއަދު ގިނަ ޤައުމުތަކުން ފެންނަ ކަންކަމެއް ނޫނެވެ! ގިނަ މީހުން އަމަލުކުރަނީ ފިހާރައަކަށް ވަދެ ތަކެތި ގަނެލާ އުޞޫލުންނެވެ. ކޭޝްކާޑުން ބިލްދައްކައިލުމުން ފުދޭ ފަދައިން 30 ދުވަހު ރޯދައަށް ހުރެލުމުން އެއޮތީ ހުރިހާ ކަމެއް ނިމިފައި ކަމަށް ޤަބޫލުކުރާ އުޞޫލަށެވެ! ސުންނަތް ރޯދަތައް ހިފުމަސްފަހުގައިވެސް ޢަމަލުކުރެވެނީ ހަމަ މިފަދަ ގޮތަކަށެވެ. 

އެހެން ނުހަދާށެވެ! ފުރުޟު ނަމަވެސް ސުންނަތް ނަމަވެސް ހިފާ ރޯދަތައް ޤަބޫލުފުޅު ކުރައްވަވާތޯ ގިނަގިނައިން ދުޢާކުރާށެވެ! ވީހައި ގިނަގިނައިން ދުޢާކުރާށެވެ! އެހެނީ ޞަހާބީންގެ ރޯދަ ހިއްޕެވުން އިންތިހާއަށް ފުރިހަމަވެގެންވާއިރުވެސް އެބޭކަލުން ހިއްޕެވި ރޯދަ ޤަބޫލުފުޅުކޮށްދެއްވެވުން އެދިވަޑައިގެން އެވަރަށް ދުޢާ ކުރެއްވެވިއިރު އަހަރެމެންނަށް ރޯދަ މިހިފޭ ޙާލަތާއިމެދު ވިސްނައިލަން ޖެހޭނެ ނޫންހެއްޔެވެ؟ އެބޭކަލުން ރޯދަ ކާމިޔާބުކުރައްވަން ކުރެއްވި މަސައްކަތްޕުޅުގެ އެންމެ އިންސައްތައެއް އަހަރެމެންނަށް އެބަކުރެވޭ ހެއްޔެވެ؟ 

ސަހުލް ބިން ސަޢުދު ރަޟިއަﷲ ތައާލާ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ސުވަރުގޭގައި ވެއޭ އައްރައްޔާން ނަމަކަށް ކިޔުނު ދޮރުކޮޅެއް. ޤިޔާމަތްދުވަހުން ހަމައެކަނި ރޯދަވެރިން ފިޔަވައި އެއްވެސް ބައަކު އެދޮރުކޮޅުން ސުވަރުގެއަށް ނުވަންނަ ދޮރުކޮޅެއް!" 

އައްރައްޔާން ނަމަކަށްކިޔުނު ދޮރުކޮޅަކީ ހަމައެކަނި ރޯދަވެރިން ސުވަރުގެ ވަނުމަށްޓަކައި ޚާއްސަކުރައްވާފައިވާ ދޮރުކޮޅެކެވެ. ވީމާ އެ ދޮރުކޮޅުން ވައްދަވާ އަޅުންގެ ތެރޭގައި ހިމެނުމަށްޓަކައި ހިފާ ރޯދަ ޤަބޫލުފުޅުކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން