ކިތަންމެ ގިނައިން އަޅުކަންކުރި ނަމަވެސް ކުރި އަޅުކަން ޙިމާޔަތް ނުކުރެވިއްޖެނަމަ ބަނގުރޫޓުވެފައިވާ މުފްލިސަކަށްވެދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކިތަންމެ ގިނައިން އަޅުކަންކުރި ނަމަވެސް ކުރި އަޅުކަން ޙިމާޔަތް ނުކުރެވިއްޖެނަމަ ބަނގުރޫޓުވެފައިވާ މުފްލިސަކަށްވެދާނެ!: މުފްތީ މެންކް

އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކު އެމީހަކަށް ކުރެވުނުހައި ގިނައިން އަޅުކަން ކުރެއެވެ. އަހަރެމެން އުންމީދުކުރަނީ ވެސް އަދި އަހަރެމެންގެ ދުއާއަކީވެސް އަހަރެމެން ކުރި އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވައި އެކަމަށް ޙައްޤުވެގެންވާ ޘަވާބާއި ދަރުމަ ދުނިޔެއާއި އާޚިރަތުގައިވެސް ދެއްވެވުމެވެ. 

ސުވާލަކީ ﷲ ތައާލާ ދެއްވަވާ ޘަވާބުގެ ފައިދާ ފުރިހަމަ ގޮތުގައި ލިބޭނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟ އެއިގެ ތެރެއިން ބޮޑުބައެއް ނުވަތަ އެކުގައި ވެސް އެހެން މީހުންނަށް ދޭން ނުޖެހި ސަލާމަތްވެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ މާނައަކީ އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުމުން ބަދަލުދޭން ނުޖެހި ސަލާމަތްވެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ 

ރަސޫލް ()ގެ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި އެންމެ ބޮޑަށް ބަނގުރޫޓުވެފައިވާ މީހުންނަނަކީ ނުވަތަ އެންމެ ބޮޑަށް ބަނގުރޫޓުވެފައިވާ "މުފްލިސް" އަކީ ނުހަނު ގިނަ ހެޔޮ އަމަލުތަކާއިއެކު މަޙްޝަރަށް ދިއަ ނަމަވެސް އެހެން މީހުންގެ ޙައްޤުތަކަށް ބަދަލުދީ ހެޔޮ އަމަލުތައް ހުސްވުމުން އެހެން މީހުން ކުރާ ފާފަތައް ތިމާގެ ކޮނޑުގައި އަޅަންޖެހޭ މީހުންނެވެ. އަދި އެކަމުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހޭނެ މީހުންނެވެ! 

ވީމާ ކުރެވޭ އަޅުކަން ޙިމާޔަތްކުރާށެވެ! މީހުންނަށް ނުބައި ބަސްތައް ބުނުމާއި ދޮގު އިލްޒާމް އެޅުވުމާއި މީހުންގެ ޙައްޤުތަކަށް އަރައިގަތުން ފަދަ ކަންކަން ނުކުރާށެވެ! ކިތަންމެ ގިނަ އަޅުކަން ކުރި ނަމަވެސް ބަނގުރޫޓުވެފައިވާ މުފްލިސަކަށް ވާންޖެހިދާނެއެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން