ތިބާ ނިކަމެތިކޮށް ހިތްދަތިކުރުވަން ކިތަންމެ ގިނަ ބައަކު އުޅުނަސް ﷲ ތިބާ އެންމެ މަތިވެރިކުރައްވަވާނެ މަގު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ތިބާ ނިކަމެތިކޮށް ހިތްދަތިކުރުވަން ކިތަންމެ ގިނަ ބައަކު އުޅުނަސް ﷲ ތިބާ އެންމެ މަތިވެރިކުރައްވަވާނެ މަގު-: މުފްތީ މެންކް

އަބަދުވެސް ވިސްނައިގެން ހުންނަންވީ ތިމާގެ ހިތުގައި ޖައްސުވައި ދެރަކޮށް ނިކަމެތިކޮށްލަން އަދި ބަނގުރޫޓުކޮށްލުވަންވެސް ކޮންމެވެސް ބައަކު އުޅޭނެ ކަމެވެ. އެކަމަށް އެއްވެސް ވަރަކަށް ކަންބޮޑުނުވާށެވެ! ތިމާއަށް ހުރެވެނީ ޙައްޤުގޮތުގައިކަން ޔަޤީންކުރާށެވެ! އަދި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ކުރަމުންގެންދާށެވެ!

ވަޤުތު ހޭދަކުރަންވީ ޙަސަދަވެރިން ކުރާ ކަންކަމަށް ކަންބޮޑުވުމުގައެއް ނޫނެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުގައެވެ. ޛިކުރުކުރުމުގައެވެ. ހެޔޮ ޢަމަލުތައް ކުރުމުގައެވެ.  

އެހެން މީހަކު ދީފާނެ ދެރައަށް ކަންބޮޑުނުވެ ހަމައެކަނި ﷲ ތަޢާލާއަށް ހުރިހާ ކަމެއްގައިވެސް ބަރޯސާވެގެން ހުންނަ މީހާ އެހެން އެންމެންނަށްވުރެ ދަރަޖަ މަތިވެރިކުރައްވަވައި ހުރިހާ ގޮތަކުންވެސް މަތިވެރިކުރައްވަވާނެތެވެ! އިން ޝާ ﷲ 

- މުފްތީ މެންކް

މިއަދު އޮންލައިން