ފާފަ ކުރެވުމުން ވަޤުތުން ތައުބާވާ މީހުންގެ ފަތުގައި ނުލިޔުއްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ފާފަ ކުރެވުމުން ވަޤުތުން ތައުބާވާ މީހުންގެ ފަތުގައި ނުލިޔުއްވަވާނެ!: މުފްތީ މެންކް

ފުރަތަމަވެސް ވިސްނައިލަންވީ ﷲ ތައާލާގެ ދީލަތިވަންތަކަމާއިމެދުގައެވެ. އެކަލާނގެ ދީލަތިވަންތަކަމުގެ ބޮޑުކަން ނިކަން ދެކެބަލާށެވެ! ފާފައެއް ކުރަން ހިތުގައި ލުމަކުން އެކަމެއް ނުލިޔުއްވަވަތެވެ! އަދި އެ ފާފައެއް ކޮށްފިނަމަ ލިޔުއްވަވަނީ 1 ފާފައެވެ. ނަމަވެސް ހެޔޮ އަމަލެއް ކުރަން ހިތުގައި ލުމުން އެކަން ލިޔުއްވަވައެވެ. އެ އަމަލުކޮށްފިނަމަ 10 އަކުން ފެށިގެން 700 ގުނައަށް ޘަވާބު އިތުރުކުރައްވަވައި ދެއްވަވަތެވެ!

އަދި ކީއްހެއްޔެވެ؟ ފާފައެއް ކުރުމުން ހަމަ އެވަގުތަކު ފާފަ ނުލިޔުއްވަވާކަންވެސް ހަދީޘްފުޅުން އެނގެން އެބައޮތެވެ! ލިޔުއްވަވަނީ ތައުބާވުމުގައި ލަސްވެއްޖެ ނަމައެވެ. ވަގުތުން ތައުބާ ވެއްޖެ ނަމަ ނުލިޔުއްވަވާނެތެވެ! އެމީހަކަށްޓަކައި އެކަން ޢަފޫކުރައްވަވައި ދެއްވަވާނެތެވެ! އަދި ކީއްހެއްޔެވެ؟ ލިޔުއްވަވާފަހުން ވެސް ތައުބާވެއްޖެ ނަމަ ޢަފޫކުރައްވަވައި ދެއްވަވަތެވެ! 

އަދިވެސް ވިސްނައިލާށެވެ! ހެޔޮ އަމަލުތައް ކުރުމުން، އިތުރަށް ދެންނެވުމަކާއި ނުލައި ކުދި ފާފަތައް ފުއްސަވައިދެއްވަވަތެވެ! 

ނަމަވެސް ސަމާލުކަން ދޭންޖެހޭނެ ކަމެއް އެބައޮތެވެ! އެއީ އެކަމަކަށް ﷲ ތަޢާލާ ޢުޤޫބާތް ކަނޑައަޅުއްވަވާފައިވާ ބޮޑުފާފައެއް ކުރެވިއްޖެ ނަމަ އެ ފާފައަކަށްތައުބާވާން ޖެހޭނެއެވެ. އެކަމާއިމެދު ހިތާމަކޮށް އެ ފާފައެއް ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަން ޖެހޭނެއެވެ. "މިއަޅާއަށް ކުރެވިފައިވާ ހުރިހާ ފާތަކެއް ފުއްސަވައިދެއްވވަވާދޭވެ!" އެވެ ދެންނެވުމަކުން ނުފުދޭނެއެވެ! 

ކޮންމެ ފަދަ ފާފައެއް ކުރެވިފައިވީނަމަވެސް އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން ފާފަ ފުއްސަވައި ދެއްވަވަވާނެތެވެ! ވީމާ ކުރެވިފައިވާ ފާފަތަކުން ތައުބާވެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދެންނެވުމަށް އަވަސްވެގަންނާށެވެ! ފުރުޞަތު ނަގައިނުލާށެވެ! ތައުބާ ނުވެވި އޮތުމުން ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމުގެ ވަގުތުގައި ހިތާމަ ހިތަމަކުރަން ޖެހޭ މީހަކަށް ނުވާށެވެ! 

- މުސްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން