ނަރަކައިން ސަލާމަތްވުމަށާ ސުވަރުގެ ލިބުން އެދޭމީހާ ކުރަން ޙަދީޘުން އެނގެންހުރި މިކަންކަން ތިބާ ކުރަމުހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ނަރަކައިން ސަލާމަތްވުމަށާ ސުވަރުގެ ލިބުން އެދޭމީހާ ކުރަން ޙަދީޘުން އެނގެންހުރި މިކަންކަން ތިބާ ކުރަމުހެއްޔެވެ؟

މުޢާޛު ބިން ޖަބަލް ރަޟިއަﷲ އަންހުގެ ތަޢާލާގެ ކިބައިން ރިވާވެގެންވެއެވެ.   

އެޢަމަލެއް ކުރުމުން ތިމަންކަލޭގެފާނު ސުވަރުގެއަށް ވަދެވޭ. އަދި އެޢަމަލެއް ކުރުމުން ތިމަންކަލޭގެފާނު ނަރަކައިން ދުރުހެލިވާނެ އަމަލެއް ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނަށް ވިދާޅުވެދެއްވަން ރަސޫލް () އަރިއަހުގައި އެދިވަޑައިގަތީމެވެ.

އެހިނދުގައި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވެވިއެވެ. "ތިބާ ތިއަ ސުވާލުކުރެއްވީ ވަރަށް ބޮޑުކަމަކައިގެންނެވެ. އެއީ ކިތަންމެ ބޮޑުކަމެއްކަމުގައި ވީނަމަވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހަކަށް އެކަން ލުއިފަސޭހަކޮށްދެއްވައިފި މީހަކަށް ވަރަށް ލުއިފަސޭހަކަމެކެވެ.  އެކަމަކީ ތިބާ ﷲ އަށް އަޅުކަންކުރާށޭ! އަދި ﷲ އާއިއެކުގައި އެހެން އެއްވެސް ފަރާތެއް ބައިވެރިނުކުރާށޭ. ﷲ އަށް ޝިރުކު ނުކުރާށޭ. އަދި ތިބާ ނަމާދު ޤާއިމްކުރާށޭ. އަދި ޒަކާތްދޭށޭ. އަދި ރަމަޟާންމަހު ރޯދަ ހިފާށޭ. އަދި ކައުބަތުﷲ ގެފުޅަށްގޮސް ހައްޖުވާށޭ." 

އަބޫހުރައިރާ ރަޟިއަﷲ ތަޢާލާ އަންހުގެ ކިބައިން ރިވާވެގެން އަންނަނީ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވިކަމަށް "އެއް އުމްރާއާ އަނެއް އުމްރާއާ ދޭތެރޭގައި އެއީ ކައްފާރާއެކޭ. ނުވަތަ ފާފަ ފުއްސެވޭ ކަމެކޭ. އެދޭތެރޭގައިވާ ހުރިހާ ކަމަކަށް އަދި މަބްރޫރު ހައްޖެއްވެއްޖެކަމުގައި ވަނީނަމަ އެކަމުގެ ޖަޒާއަކަށް ސުވަރުގެ ފިޔަވައި އެހެން އެއްޗެއް ނުވޭ." 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން