މިޢިބާރާތް ނުވަތަ މިފަދަ ޢިބާރާތަކުން ދުޢާކޮށްފިނަމަ ވަގުތުން ފާފަފުއްސަވައިދެއްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މިޢިބާރާތް ނުވަތަ މިފަދަ ޢިބާރާތަކުން ދުޢާކޮށްފިނަމަ ވަގުތުން ފާފަފުއްސަވައިދެއްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ވުޟޫކޮށްލާށެވެ! 2 ރަކްޢަތް ނަމާދެއްކޮށްލާށެވެ! ދުޢާކުރުމުގެ އަދަބުތައް ފުރިހަމަކުރުމާއިއެކު ދަންނަވާށެވެ! 

"މިއަޅާއަށް ވަނީ މިވެނި ފާފައެއް ކުރެވިފައެވެ. މިއަޅާއަށް ފާފަ ފުއްސަވައި ދެއްވެވޭނެ ހަމައެކަނި ފަރާތަކީ އިނބަ ﷲ އެވެ! މިއަޅާއަށް ކުރެވުނު ފާފަ/ ފާފަތަކާއި މެދު ހިތާމަކުރަމެވެ! އެފަދަ ފާފައަކަށް ދެން އަރައިނުގަތުމަށް މިއަޅާ ވަޢުދުވަމެވެ. މިއަޅާއަށް ކުރެވުނު ފާފައަށް (ގިނަފަހަރު އެފާފައެއް ކުރެވިފައިވާނަމަ ފާފަތަކަށް) ޢަފޫކޮށްދެއްވަވާނދޭވެ! ފާފަ ފުއްސަވައި ދެއްވަވާނދޭވެ!"

ކޮންމެ ބަހަކުން ނަމަވެސް މިމޭރުމުން ނުވަތަ މިޝަރުޠުތައް ހަމަވާ އެހެން ޢިބާރާތަކުން ނަމަވެސް އިޚްލާޞްތެރިކަމާއެކު ފާފަ ފުއްސަވައި ދެއްވެވުން އެދި ދަންނަވާ މިނިޓުން ފެށިގެން އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ އެކަމަށް ޝައްކުވެސް ނުކުރާށެވެ! 

އިޚްލާޞްތެރިކަމާއިއެކު ތައުބާ ވެއްޖެ މީހަކު މާޔޫސްވާން ނުޖެހޭނެކަން ބަޔާން ކުރައްވަވައި އަލްއަންޢާމް ސޫރަތުގެ 160 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަވާފައިވަނީ މިފަދައިންނެވެ. "އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ." 

މީސްތަކުންނޭވެ! އަހުރެންގެ މިބަހަށް ޔަޤީންކުރާށެވެ! ﷲ ތަޢާލާ އަބަދުވެސް ވޮޑިގެންވަނީ މީސްތަކުންގެ ފާފަ ފުއްސަވައި ރަހްމަތް ލެއްވެވުމަށެވެ. ނަރަކައިން ސަލާމަތްކޮށްދެއްވެވުމަށެވެ! ނަމަވެސް އެފުރުޞަތު އަހަރެމެންނަށް ލިބިގެންދާނީ އަހަރެމެން އެކަންކަމަށް އެދި ދެންނެވުމުންނެވެ. ތައުބާވެ ހެޔޮ ޢަމަލުތައް ކުރުމުންނެވެ. 

އަބަދުވެސް ބުނާފަދައިން އިންސާނުންނަށް ފާފަތައް ކުރެވޭނެއެވެ! ބޮޑެތި ފާފަތައް ކުރެވިފައިވާނަމަ އެފާފަތަކަށް ވަކިވަކިން ތައުބާވާން ޖެހޭނެއެވެ! ކުރެވިފައިވާ ހުރިހާ ފާފަތަކަށް ޢަފޫކޮށްދެއްވެވުމަށް އެދި ދެންނެވުމަކުން ނުފުދޭނެއެވެ! ވީމާ ތައުބާއިރު ކޮންމެހެން ފާހަގަކުރަން ޖެހޭ މުހިންމު ކަންކަން ފާހަކަކޮށްލާނަމެވެ! 

ޔާ ﷲ! އަޅަމެން އެންމެންގެ ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ މިންވަރުކޮށްދެއްވަވާނދޭވެ! އާމީން 

- މުފްތީ މުންކް

 

 

މިއަދު އޮންލައިން