މަރުވެދާނެތީ އެންމެ ބޮޑަށް ކަންބޮޑުވާނީ އެމީހުންގެ ދުނިޔެ ފައްކާކޮށް، އާޚިރަތް ވީރާނަކޮށްލާފަވާ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
މަރުވެދާނެތީ އެންމެ ބޮޑަށް ކަންބޮޑުވާނީ އެމީހުންގެ ދުނިޔެ ފައްކާކޮށް، އާޚިރަތް ވީރާނަކޮށްލާފަވާ މީހުން!

إبراهيم بن أدهم رحمه الله އަށް ދެންނެވުނެވެ! މީސްތަކުން މަރަށް ބިރުގަންނަނީ ކީއްވެހޭ؟ 

ޖަވާބުގައި ވިދާޅުވިއެވެ! "ފައްކާކޮށްފާވާ ތަނަކުން ވީރާނަކޮށްފައިވާ ތަނަކަށް ދާން ބޭނުންވާނީ ކާކުހެއްޔެވެ؟ މީސްތަކުންވަނީ އެމީހުންގެ ދުނިޔެ ފައްކާކޮށް، އާޚިރަތް ވީރާނަކޮށްލާފައެވެ." 

ދުނިޔޭގައި ދިރިއުޅެން ލިބޭ މަދު ދުވަސްކޮޅު ގިނަ ބައަކު އަވަދިނެތި މަސައްކަތް ކުރެވެނީ ދުނިޔޭގައި ކުރިއަރައިދިއުމަށެވެ. އާޚިރަތް ދުވަހު ކުރިއަރައިދާން ކުރެވެނީ ވަރަށް ކުޑަކުޑަ މަސައްކަތްކޮޅެކެވެ. 

ދުނިޔޭގައި ކުރިއަރައިދާން ކުރަންޖެހޭ މަސައްކަތްތައް ހޭލައިހުރެގެންވެސް ކޮށް ނިންމަން މަސައްކަތްކުރެއެވެ. ﷲ ތަޢާލާއަށް ސަޖިދަކޮށްލާނެ ވަގުތު ލިބޭކަމަކަށް ނުވެއެވެ. އެފަދަ މީހުން އެވަރުން އާރާސްކުރި ދުނިޔެ ދޫކުރަން ބޭނުމެއް ނުވާނެ ނޫންހެއްޔެވެ؟ 

އެންމެ ކާއިނާތްތަކާއި އެތަންތަނުގައިވާހައި އެއްޗެއް މިލްކުވެވޮޑިގެންވާ ގަދަ ކީރިތިވަން ﷲ، ޤިޔާމަތްދުވަހުން އެއްވެސް ތަރުޖަމާނެއްނެތި، ކޮންމެ މީހަކާމެ، ބަސްވަޙީކުރައްވައި، ކޮންމެ މީހަކު ދުނިޔޭގައި ކޮށްފައިވާ ޢަމަލަކާ ސުވާލުކުރައްވައި، އެމީހެއްގެ ގުނަވަންތަކާއި، ގައިގެ ހަންގަނޑާއި، ބިންގަނޑު އެމީހެއްގެ މައްޗަށް ހެކިދޭދުވަށް ބިރުވެތިވެ، ސަލާމަތްވަމާތޯއެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން