ސަމާސައަށް ނަމަވެސް ރަސޫލް (ޞޢވ) އަށާ އިސްލާމް ދީނަށް ބަދުބަސް ބުނާ މީހުންނާއިއެކުގަ ނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ސަމާސައަށް ނަމަވެސް ރަސޫލް (ޞޢވ) އަށާ އިސްލާމް ދީނަށް ބަދުބަސް ބުނާ މީހުންނާއިއެކުގަ ނުވާށެވެ!

މިހާރަކަށް އައިސް ބައެއް މީހުން ރަސޫލް (ﷺ) އަށާ އިސްލާމް ދީނަށް ބަދުބަސް ބުނަނީ މާބޮޑު ވިސްނުމެއް އެކަމުގައި އޮވެގެނެއް ނޫނެވެ. މިކުރެވެނީ ކިހައިވަރެއްގެ ކަމެއްކަން ނުއެނގި ތިބެ އެފަދަ ބަސްތައް ބުނާ މީހުންވެސް ދަނީ ގިނަވަމުންނެވެ. އެފަދަ މީހުންނަށް ވިސްނައިދޭށެވެ. ޤަބޫލުނުކުރިނަމަ އެމީހުންނާ އޮތީ ދުރުހެލިވުމެވެ.

ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ މިބަސްފުޅަށް ޢަމަލުކުރާށެވެ!

އަޅުގަނޑުމެން އެންމެ ލޯބިވާ އަނބިދަރިންނަށްވުރެ އަޅުގަނޑުމެންގެ ހިތްތަކުގައި ރަސޫލް (ﷺ)ގެ މައްޗަށް އޮތް ލޯބި މާބޮޑެވެ. ވީމާ ރަސޫލް (ﷺ) އަށް ނަފްރަތުގެ ބަސް ބުނާ އަޑު އިވިއްޖެ ނަމަ އެބުނި މީހަކަށް ނަފްރަތުކުރުމަކީ އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެކެވެ.

އިތުރު އެކަލޭގެފާނުގެ ޝަޚްޞިއްޔަތާއި ކުޅެން އުޅެފި މީހެއްގެ ދެދުނިޔެ ހަލާކުވެގެންދާނެކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ރަސޫލް (ﷺ) ދެކެ މުސްލިމުން ލޯބިވަނީ ޣައިރު މުސްލިމުންނަށް ނުވަތަ އެކަން ޤަބޫލުނުކުރާ މީހުންނަށް އެކަން ބަލައިގަނެވޭވަރަށްވުރެ މާމަތީ ދަރަޖައަކަށެވެ.

މާތް ﷲ ވަނީ ރަސޫލް (ﷺ) ގެ ނަންފުޅު މަތިވެރިކުރައްވަވައިފައެވެ. ވަޙިކުރައްވަވާފައިވަނީ "ކަލޭގެފާނުގެ ޛިކުރާ ތިމަން ﷲ މަތިވެރިކުރެއްވެވީމެވެ!"

ވީމާ އިތުރު އެކަލޭގެފާނުނެ ނަންފުޅަށް ފުރައްސާރަކޮށް އިސްލާމް ދީނާއި ދެކޮޅު ވާހަކަތައް ދެއްކުމަކީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެ ކަމެއް ނޫނެވެ! އެއީ އިސްލާމް ދީނުގެ އަސާސްތަކާއި ކުޅުމެވެ. އަދި އެކަމަކީ މިދިވެހިރާއްޖޭގައި މުސްލިމުން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ.

--ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ދެއްވާފައިވާ ދަރުސަކުން

ދަރުސްގެ ވީޑިއޯ: 

މިއަދު އޮންލައިން