އިސްތީޚާރާ ނަމާދުގެ ދުޢާ: އެދޭ ކަންކަން ޙާޞިލުނުވެގެން ކަންބޮޑުވާ މީހުން ހިތްވަރު ލިބިގަންނަން ދުޢާގެ ޢިބާރާތް ބަދަލުކޮށްލާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އިސްތީޚާރާ ނަމާދުގެ ދުޢާ: އެދޭ ކަންކަން ޙާޞިލުނުވެގެން ކަންބޮޑުވާ މީހުން ހިތްވަރު ލިބިގަންނަން ދުޢާގެ ޢިބާރާތް ބަދަލުކޮށްލާށެވެ!: މުފްތީ މެންކް

އަދާކުރަމުން އައި ވަޒީފާ ގެއްލިދާނެއެވެ. މަސައްކަތްކޮށްކޮށްވެސް ވަޒީފާއެއް ނު ލިބިދާނެއެވެ. ފިރިމީހާ ނުވަތަ އަނބިމީހާގެ ލޯބި ވެސް ނުލިބިދާނެއެވެ.

ބައެއް ޙާލަތްތަކުގައި މައިން ބަފައިންގެ ލޯތްބެއް ނުލިބެއެވެ. ދަރިން އަޅައެއް ނުލައެވެ. އެކުވެރިންކޮޅުވެސް ގެއްލި ހުސްވަނީއެވެ. ތިބި އެކުވެރިން ވެސް މަކަރުހަދަނީއެވެ. ދިރިއުޅޭ ފްލެޓުގެ ކުލި ނުދެއްކިގެން ނުކުންނަން ޖެހިއްޖެއެވެ. ދަރިއަކު ދެއްވެވުން އެދި ދުޢާކޮށްކޮށް ވަރުބަލިވިއިރުވެސް ނުލިބެނީއެވެ. މިހިރީ ހަމަ ވަރަށް ގިނަ ބައަކާއި އަބަދުވެސް ކުރިމަތިވަމުން އަންނަ މައްސަލަތަކެވެ. އެހެންކަމުން މިކަންކަމަށް މާޔޫސްވުމުގެ ކުރިން ކުރާ ދުޢާގެ ޢިބާރާތް ބަދަލުކޮށްލާށެވެ!

"މިކަމަކީ މިއަޅާއަށް ދުނިޔެއާއި އާޚިރަތުގަ ފައިދާކުރާނެ ކަމެއް ނަމަ މިއަޅާއަށް މިންވަރުކޮށްދެއްވެވުމަށް" އެދި ދުޢާކުރަން ފަށާށެވެ! ބައެއް މީހުންނަށް ޢިބާރާތް ކަމުނުގޮސްފާނެއެވެ! އެއީ ކޮންމެ ގޮތަކުން ނަމަވެސް ހިތް އެދޭ ކަންތައް ހިތް އެދޭ ގޮތަށް ޙާޞިލުކުރެވެން ޖެހޭނެ ކަމަށް ޤަބޫލުކުރެވޭތީއެވެ!

ނަމަވެސް މުސްލިމުން ޤަބޫލުކުރާ ގޮތް ތަފާތެވެ! ފުރަތަމަ ކަމަކީ ތިމާއަށް މިންވަރުކުރައްވަވާނީ އެންމެ ރަނގަޅު ގޮތް ކަމަށް މުސްލިމުން އަބަދުވެސް ޔަޤީންކުރާނެއެވެ! އެކަމަކުން ތިމާއަށް ދެރައެއް ލިބޭނެ ގޮތަކަށް އެއްވެސް ކަމެއް މިނަވަރުނުކުރައްވަވާނެ ކަމުގެ ޔަޤީންކަން އަބަދުވެސް މުސްލިމުންނަށް އޮންނަން ޖެހޭނެތީއެވެ.

މީސްތަކުންނޭވެ! އިސްތިޚާރާ ދުޢާ އަކީ ޞަޙާބީން ކީރިތި ޤުރްއާނުގެ އާޔަތެއްފަދައިން ވިދާޅުވަމުން ގެންދެވި ދުޢާއެކެވެ. ދުޢާގައި ދަންނަވަނީ މިއަޅާއަށް ރަނގަޅުވާނެ ގޮތް މިއަޅާއަށް ނުއެނގޭ ކަމަށާއި އިނބަ ﷲ ދެނެވޮޑިގެންވާ ކަމަށެވެ. ޣައިބުގައިވާ ހުރިހާ ކަންކަމެއް ދެނެވޮޑިގެންވަނީ ހަމައެކަނި އިނބަ ﷲ ކަމަށެވެ! އަދިވެސް ދަންނަވަމުއެވެ! މިއަޅާ އެދޭ ކަންތަކުން މިއަޅާއަށް ދުނިޔެއާއި އާޚިރަތުގައި ފައިދާކުރާނެ ނަމަ ފއެކަމެއް ހިންމަވައިދެއްވެވުން އެދިއެވެ.

މިއަޅާއަށް ރަނގަޅު، ފައިދާކުރާނެ ގޮތް މިއަޅާއަށް ވިސްނަވައި ދެއްވެވުން އެދިއެވެ. އަދިވެސް ދަންނަވަމުއެވެ! މިއަޅާއަށް އެންމެ ފައިދާ ކުރަނެ ގޮތް މިންވަރުކޮށްދެއްވެވުން އެދިއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން