ގޭތެރޭގައި ޤުރްއާން އަޑުގަދަކޮށް ޖަހާފައި ބަހައްޓާނަމަ އަޑުއަހަންވާނެ!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ގޭތެރޭގައި ޤުރްއާން އަޑުގަދަކޮށް ޖަހާފައި ބަހައްޓާނަމަ އަޑުއަހަންވާނެ!: ޑރ. ޝަހީމް

ގޭތެރޭގައި ކަމަސްވީނަމަވެސް ޤުރްއާން އަޑުގަދަކޮށް ޖަހާފައި ބަހައްޓާނަމަ އަޑުއަހަންވާނެއެވެ. ކީރިތި ޤުރްއާން ޖަހާފައި ބަހައްޓާނަމަ އެކަމަށް ސަމާލުކަން ދޭން ޖެހޭނެއެވެ! އަދި ކީރިތި ޤުރްއާން ޖަހާފައި ހުންނަ ވަގުތުތަކުގައި އެތަނެއްގައި ހީނ، ސަމާސަކޮށް ސަކަރާތްޖެހުން ފަދަ ކަންކަން ކޮށްގެން ނުވާނެއެވެ. އެކަމުގެ ސަބަބުން ކީރިތި ޤުރްއާނަށް އަދާކުރަން ޖެހޭ އަދަބު އަދާނުކުރެވޭނެތީއެވެ. 

ކީރިތި ޤުރްއާން ބާވައިލައްވަވާފައިވަނީ މީސްތަކުން ކިޔަވައި އަދި އަޑުއެހުމަށެވެ. އެއްވެސް ޙާލެއްގައި އެއިން މީސްތަކުންނަށް އުނދަގޫކުރުމެއް ނެތެވެ. ވީމާ އަޑުގަދަކުރާތަކުން ކީރިތި ޤުރްއާން ޖަހާފައި ބަހައްޓަން ޖެހޭނީ އެ ސަރަހައްދެއްގައި އުޅޭ މީހުންނަށް އެކަމުން އުނދަގޫ ނުވާނަމައެވެ. އަދި އުނދަގޫ ނުވާނެ ގަޑިތަކުގައެވެ. އެކަމަށް އެއްވެސް ބައަކު ޝަކުވާ ނުކުރާނެ ގޮތަށެވެ. 

އެގޮތަށް ކީރިތި ޤުރްއާން އަޑުގަދަކުރާތަކުން ޖަހާފައި ބެހެއްޓުމަކީ މައްސަލައެއް ނޫނެވެ.

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

މިއަދު އޮންލައިން