ބޭނުންނުވާނީ ކާކު؟ ނަމާދުތަކަށް ރައްކައުތެރިވެ ނަމާދު ޤާއިމްކުރާމީހާއަށް އޮތް ﷲ ގެ އަހުދު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ބޭނުންނުވާނީ ކާކު؟ ނަމާދުތަކަށް ރައްކައުތެރިވެ ނަމާދު ޤާއިމްކުރާމީހާއަށް އޮތް ﷲ ގެ އަހުދު-

އުބަދާތު ބިން އައްސާމިތު ރަޟިއަﷲ ތަޢާލާގެ ކިބައިން ރިވާވެގެން އަންނަނީ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވިކަމަށް "މާތްﷲ ގެ އަޅުތަކުންގެ މައްޗަށް އެއިލާހު ފަރުޟުކުރައްވާފައިވާ ފަސްނަމާދަށް ފުރިހަމައަށް ރައްކާތެރިވެ އެއްވެސް ނަމާދަކަށް ފަރުވާކުޑަ ނުކޮށް ހުރެއްޖެކަމަށްވަނީނަމަ، އެމީހަކަށް، އެމީހަކާއި ﷲ ސުބްޙާނަހޫ ވަތަޢާލާ އާ ދެމެދުގައި އަހުދެއްވެއޭ. އެއީ ﷲ ސުބްހާނަހޫ ވަތަޢާލާ އެމީހަކު ސުވަރުގެއަށް ވައްދަވާނެކަން."

އާދެ! ފަރުޟު ފަސްނަމާދަށް ބަރާބަރަށް ރައްކާތެރިވެއްޖެކަމުގައި ވަނީނަމަ ﷲ ސުބްހާނަހޫ ވަތަޢާލާ އެމީހަކަށް ސުވަރުގެ ވައްދަވާނެކަމުގެ ގެރެންޓީ މިވަނީ ދެއްވަވާފައެވެ.   

ތަނަވަސްކަން ލިބިގެންވާ މީހުން މިސްކިތެއް އެޅުމުގެ މަތިވެރިކަންވެސް ރަސޫލް () ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.  

އުޘްމާން ބިން އައްފާން ރަޟިއަﷲ ތައާލާ އަންހު ކިބައިން ރިވާވެގެންވޭ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވެވިކަމަށް. "ﷲ އަށްޓަކައި މީހަކު މިސްކިތެއް ބިނާކޮށްފިކަމަށްވަނީނަމަ އޭގެ ބަދަލުގައި އެމީހަކަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ﷲ ސުބްހާނަހޫ ވަތަޢާލާ ބިނާކޮށްދެއްވާނެ ކަމަށް!" 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން

 

މިއަދު އޮންލައިން