ސުވާލު:. މިސްކިތުގައި، ޒިކުރުގައި އިންނަ އިރު ސަލާމް ކުރަން އަތް ދިއްކުރީމައި ސަލާމަށް އިޖާބަ ނުދިނީމައި ފާފަވެރި ވާނެތޯ؟
ޖަވާބު:. މީހަކު ޒިކުރު ކުރަން އިންދާ ސަލާމް ކުރަން އަތް ދިއްކޮށްގެން ނުވާނެ، ނަމަވެސް ދިއްކޮށްފި ނަމަ ސަލަމް ކުރަން ވާނެ.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް
އިތުރު ސުވާލެއް:
ސުވާލު:. ފާޚާނާގައި އިނދެގެން ރޫމް ތެރޭގައި ތިބޭމީހުންނާ ވާހަކަދެއްކުމަކީ ދީނީ ނަޒަރަކުން ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު:. ޤަޟާޙާޖާ ކުރާ ވަޤުތު ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫން.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް