ސުވާލު:. މަންމަ އަކު މިބުނަނީ ކުރި ޒުވާބެއްގެ ތެރޭގައި ދަރިއަކާ ދިމާލަށް (މަންމަ) މަގޭ ފައިތިލަ ދަށުން ސުވަރުގެވެސް ވަދެގެން ނުވާނެއޭ... އަޅުގަނޑުގެ ސުވާލަކީ ކިހިނެއްތޯ މަޙުޝަރު ދުވަހުން ކަންތައް ވާނީ.... އެކުއްޖާއަށް ސުވަރުގެއަށް ވަދެވޭނެތޯ؟ ނުވަތަ މަންމަ ބުނި ގޮތަށްތޯ ވާނީ؟
ޖަވާބު:. މަންމަ އެހެން ބުނި ނަމަވެސް މަންމައަށް ހެޔޮކޮށް ކަންތައް ކޮށްދިނީމައި، އަދި ހެޔޮ ޢަމަލު ގިނަ ކުރީމައި އޭނާއަށް ސުވަރުގެއަށް ވަނުމަކަށް ހުރަހެއް ނެތް. إِنْشَاءَ الله
އިތުރު ސުވާލެއް:
ސުވާލު:. ގެއިން ނުކުންނަމުން ކިޔާ ދުޢާ ކިޔަން ވާނީ އެޕާރޓްމަންޓުން ނުކުންނަމުންތޯ؟ ނުވަތަ މައި ދޮރުން ނުކުންނަމުންތޯ؟
ޖަވާބު:. އެޕާރޓްމަންޓުން ނުކުންނަމުން.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް