ކަންކަމަށް އެދި ދުޢާކުރަން ބޭނުންވުމުން އަބަދުވެސް މިދެވެނީ ކޮންމެވެސް މީހެއްގެ ފަހަތުންނެވެ. ކޮށްލަން ރަނގަޅު ދުޢާއެއް ހޯދާލަން ބޭނުންވާތީއެވެ. އެއީވެސް ހަމަ ކުރަން އެންމެ ރަނގަޅު ކަމެކެވެ. އެހެންކަމާއިއެކުވެސް ޙަދީޘްފުޅުންތަކުން ފެންނަން ހުރި މިފަދަ ދުޢާތައްވެސް ކުރަމުން ގެންދާށެވެ!
ދުޢާ:
އެ ޒިކުރެއް މެދުވެރިކޮށް ކުރާ ދުޢާ އިޖާބަ ކުރެވޭ ޒިކުރެއް
މިޒިކުރުކިޔުމާއި ވިދިގެން ހެޔޮ ދުޢާ ކުރާށެވެ. އޭރުން ﷲ އެދުޢާއެއް އިޖާބަކުރައްވާނެތެވެ.
اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ ألَّذِي لَا إِلَهَ إِلَّا أَنْتَ، الأَحَدُ الصَّمَدُ، الَّذِي لَمْ يَلِدْ وَلَمْ يُولَدْ، وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ،
އޭ ﷲ އެވެ! ހަމަކަށަވަރުން އިބައިލާހީ އެ އިލާހަކު ފިޔަވާ ޙައްޤު ގޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް އިލާހަކު ނުވާ ﷲ ކަމަށާއި، އިބައިލާހީ އެއްކައުވަންތަ އަދި އެހެން ފަރާތްތަކަށް ޙާޖަތަކަށް ބޭނުންވެވޮޑިގެންނުވާ، އިބައިލާހަށް އެހެން ފަރާތްތަކުން ކަންތައްތަކަށް ބޭނުންނުވާފަރާތް ކަމަށާއި، އިބައިލާހަށް ބަފަޔަކު އަދި ދަރިޔަކު ނުވާ އަދި އިބައިލާހާއި އެއްފަދަ އެހެން އެއްވެސް ފަރާތެއްނުވާ އިލާހުކަމަށް މިއަޅާ ހެކިވާ ހެކިވުން މެދުވެރިކޮށް އިބައިލާހުގެ ޙަޟްރަތުން ދަންނަވަމެވެ.
======= *****============
މީހަކުމި ޒިކުރު ކިޔަނިކޮށް އަޑު އިވިވަޑައިގެންނެވި ހިނދު ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ.
قَدْ سَأَلَ اللَّهَ بِاسْمِهِ الأعْظَمِ, الَّذِي إِذَا سُئِلَ بِهِ أَعْطَى، وَإِذَا دُعِيَ بِهِ أَجَابَ
ހަމަކަށަވަރުން އޭނާ ﷲ އަށް ދުޢާ ކުރީ އެއިލާހުގެ އެންމެމަތިވެރި އިސްމުފުޅުންނެވެ. އެ އިސްމުފުޅުން އެދޭކަންކަން ފުއްދަވާ ދެއްވައެވެ. އަދި ކުރެވޭ ދުޢާ އިޖާބަ ކުރައްވަތެވެ.
================================
رواه أبو داود والترمذى وصحيحة الشيخ الأبانى