ސިހުރު ހެދުމުން ކިތަންމެއަވަހަކަށްވެސް، ލަހުންވެސް ޖެހިދާނެ! ސަމާލުކަންދޭންވީ ރައްކާތެރިވެ ތިބުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ސިހުރު ހެދުމުން ކިތަންމެއަވަހަކަށްވެސް، ލަހުންވެސް ޖެހިދާނެ! ސަމާލުކަންދޭންވީ ރައްކާތެރިވެ ތިބުމަށް!

ސުވާލު:. ސިހުރަކީ އެ ހެދުމުން ވަޤުތުން ލަހެއް ފަހެއް ނެތި ޖެހޭ އެއްޗެއްތޯ؟ 

ޖަވާބު:. ބައެއް ފަހަރު އެގޮތަށް ވެފައިވެސް އެބަހުރި، ލަސްވެފައިވެސް އެބަހުރި، ނަމަވެސް ﷲ ގެ އިޒުނައާލައިގެން މެނުވީ އެއަކުން ގެއްލުމެއްވެސް ފައިދާއެއްވެސް ނުވާނެ، ވީމާ، އެއިން ރައްކާތެރި ވުމަށްޓަކައި ހެނދުނާއި ހަވީރުގެ ޒިކުރުތަކައް ފަރުވާތެރި ވާންވާނެ. މީގެ އިތުރުން ބަރާބަރަށް ނަމާދު ކުރުމާއި، ޙަރާމް ކުރެއްވި އެންމެހާ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެ. 

ސުވާލު:. ސިހުރު ހަދާފައި ހުންނަ ގެ ތަޅާލަންޖެހޭ ވާހަކަ އަޑު އިވޭ، މިއީ ކޮންކަހަލަ ކަމެއްތޯއެވެ؟ 

ޖަވާބު:. ރަނގަޅު ވާހަކައެއް ނޫން. 

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް 

އިތުރު ސުވާލެއް: 

ސުވާލު:. ތާންގީގައި ހުންނަ ފެން ވުޟޫ ކުރަން މަކުރޫހަ ވާނެތޯ؟ އެއްވެސް ޙާލަތެއްގައި.

ޖަވާބު:. ފެނުގެ ވަހަށް ނުވަތަ ރަހައަށް ބަދަލެއް ނާންނަ ނަމަ ވުޟޫ ކުރަން ރަނގަޅު ވާނެ.

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް

މިއަދު އޮންލައިން