ބޮޑު ޢިލްމުވެރިއަކު ކަމުގައި ނުވިނަމަވެސް އެނގޭ މިންވަރުން ޢަމަލުނުކުރާނަމަ ފައިދާއެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ބޮޑު ޢިލްމުވެރިއަކު ކަމުގައި ނުވިނަމަވެސް އެނގޭ މިންވަރުން ޢަމަލުނުކުރާނަމަ ފައިދާއެއް ނުކުރާނެ!

އަބޫ ދަރުދާ ވިދާޅުވިއެވެ.

"ތިބާ، އުނގެނުމުންނޫނީ ދަންނަމީހަކަށް ނުވަމު. އަދި ޢެނގެނުނު އެއްޗަކަށް ޢަމަލުކުރުމުންނޫނީ އުނގެނނުނު މީހަކަށްނުވަމު. އަދި އަހުރެން އެންމެ ބިރުވެތިވަނީ ޙިސާބުބެއްލެވުމަށް ހުށްޓޭހިނދު، "ތިބާއަށް ދެއްވެވި ޢިލްމަށް ޢަމަލުކުރިންހޭ" މިފަދައިން ސުވާލުވެވޭނެތީއެވެ!"

މިއީ ހަމަ ކޮންމެ މުސްލިމަކުވެސް ވިސްނާލަންޖެހިފައިވާ ކަމެކެވެ. ކޮންމެ މީހަކީ އެންމެ ބޮޑު ޢިލްމްވެރިއަކު ކަމުގައި ނުވެދާނެއެވެ. ނަމަވެސް ކޮންމެ މުސްލިމަކަށްވެސް އެނގޭ ކަންތައްތަކެއް ހުންނާނެއެވެ. އެނގޭ މިންވަރެއް އޮންނާނެއެވެ. އެމިންވަރަކުން ޢަމަލުކުރާ މީހަކު ކަމުގައިވާށެވެ!

އަބޫ ދަރުދާ އެވިދާޅުވާ ޙާލަތުގައި ސަލާމަތްކަމާއި އުފާވެރިކަން ލިބޭނީ އެއިރުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން