ޖިންނި ފެންނާނީ ހަމައެކަނި ސިޙުރުޖެހިފައިވާ މީހުންނަށްތޯ؟ ގިނަ ބައަކު ސުވާލުކުރެއެވެ. މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ސިޙުރު ޖެހިފައި ނުވިނަމަވެސް ޖިންނި ފެނިދާނެ ކަމަށެވެ.
އިތުރު ބައެއް މަޢްލޫމާތު:
ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ޖިންނިއެއް ކޮންމެ ސިފައެއްގައިވެސް ފެނިދާނެ ކަމަށެވެ. އެއީ ސިފަ ބަދަލުކުރުމުގެ ބާރު އެއްޗެއްސަށް ލިބިގެންވާތީއެވެ. ނަމަވެސް ފެނުމަށްފަހު ސިފަ ބަދަލުކުރެވޭނީ ކޮންމެވެސް ތަނަކާއި ނިވާވުމަސްފަހުގައި ކަމަށެވެ.
ޖިންނިއެއް ފެނުމަކީ އެކަމަށް ބިރުނުގަންނަހައި ހިނދަކު އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ބިރުގަތުމުންނެވެ. އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ ނުވަތަ ޝައްކުވީނަމަވެސް ޤުރްއާން ކިޔަވާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަންނަން މަސައްކަތްކުރާށެވެ!
ޖިންނި އަކީވެސް ހަމަ އަހަރެމެން ފަދައިން އުޅޭ އެއްޗެކެވެ. ވީމާ ﷲ ދައްކަވަން އިރާދަ ކުރައްވަވައިފި އަޅަކަށް ދައްކަވާނެތެވެ. އެންމެ ބޮޑަށް ސަމާލުކަން ދޭންވީ އެއްކަމަކީ މަގުމަތިންދާއިރުވެސް އަތްވީއްލައި އެއްޗެތި ނުއުކުމަށެވެ. އެއްޗެއް އެއްލަން ޖެހިއްޖެ ޙާލަތުގައިވެސް އަދި އެންމެ ކުޑަމިނުން ކުޅެއް ޖަހަން ޖެހުނު ނަމަވެސް އަޢޫޛް ކިޔައި ރައްކައުތެރިކަން ލިބިގަންނާށެވެ.
އެއްލައިލެވޭ އެއްޗަކުން ޖިންނިއެއްގެ ގައިގައި ޖެހިއްޖެނަމަ ބަދަލުހިފައެވެ. ބޮޑެތި މުޞީބާތްތައް ކުރިމަތިކުރުވައެވެ. ވީމާ ރައްކައުތެރިކަން ލިބިގަންނާށެވެ!
- އަލަފް