ތެދުމަގު ނުފެނިދާނެތީ ކަންބޮޑުނުވާށެވެ! ޝަރުޠު ފުރިހަމަކުރި ކޮންމެ މީހަކަށް ތެދުމަގު ދައްކަވާނެކަން މިއޮތީ ޤުރްއާނުން ފެންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތެދުމަގު ނުފެނިދާނެތީ ކަންބޮޑުނުވާށެވެ! ޝަރުޠު ފުރިހަމަކުރި ކޮންމެ މީހަކަށް ތެދުމަގު ދައްކަވާނެކަން މިއޮތީ ޤުރްއާނުން ފެންނާށެވެ!

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ މިފަދައިންނެވެ.

" ﷲ ގެ އިޛްނަ ފުޅަށްމެނުވީ، އެއްވެސް މުޞީބާތެއް ނުޖެހެއެވެ. އަދި ﷲ އަށް އީމާންވާ މީހާ (ދަންނާށެވެ!) އެކަލާނގެ އެމީހާގެ ހިތަށް ތެދުމަގު ދައްކަވަތެވެ. ﷲ އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އައްތަޣާބުން: 11)

ވީމާ އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި އީމާންވުންކަން މިއާޔަތުން އެނގިގެން އެބަދެއެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެގެން ހުންނަ މީހަކަށް ﷲ ތަޢާލާ ތެދުމަގު ދައްކަވާނެކަން ﷲ ތަޢާލާ އެވަނީ ބަޔާންކުރައްވަވައިފައެވެ.

އޮތީ ހަމައެކަނި އެންމެ ޝަރުޠެކެވެ. އެ ޝަރުޠަކީ ﷲ ތަޢާލާއަށް އީމާންވުމެވެ. " އަދި ﷲ އަށް އީމާންވާ މީހާ (ދަންނާށެވެ!) އެކަލާނގެ އެމީހާގެ ހިތަށް ތެދުމަގު ދައްކަވަތެވެ." ހަމަ އެކަނި ތިމާ އީމާންވެއްޖައިން ކަމަށް ބުނެލުމަކުން ނުފުދޭކަމާއި އިޚްލާޞްތެރިކަމާއިއެކު އީމާންވާންޖެހޭކަން އެނގިގެންދެއެވެ. " ﷲ އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ވަޙީ ކުރައްވަވާފައި އޮތުމުންނެވެ.

ބައެއް މީހުންގެ ޙަޔާތުން ބައެއްގައި ނުވަތަ ދުވަސްތަކެއްގައި ފާފަކުރެވުމުން ދެން އެމީހަކަށް ﷲ ތަޢާލާ ތެދު މަގު ނުދައްކަވައިފާނެ ކަމަށް ޤަބޫލުކޮށް މާޔޫސްވެއެވެ. އަދި އެމާޔޫސްކަމުގައި ފާފަކުރުންމަތީގައި ޙަޔާތުގެ ދެން އޮތް ބައިވެސް ހޭދަކޮށްލައެވެ. ނަމަވެސް މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ﷲ ތަޢާލާއަށް އީމާންވާ މީހާއަށް ތެދުމަގު ދައްކަވާނެކަން ﷲ ތަޢާލާ އެވަނީ ވަހީކުރައްވަވައިފައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން