އިމާމް އިޢްތިދާލަށް ތެދުވުމުން މައުމޫމުން ދުޢާފަށާނީ ކިހާ ހިސާބަކުންތޯ؟ އިއުތިދާލް ދުޢާއިން އިސްވެ ދިއަ ހުރިހާ ފާފަތަކެއް ފުހެލުމުގެ ފުރުޞަތު ލިބިގެންދާކަން ޙަދީޘުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
އިމާމް އިޢްތިދާލަށް ތެދުވުމުން މައުމޫމުން ދުޢާފަށާނީ ކިހާ ހިސާބަކުންތޯ؟ އިއުތިދާލް ދުޢާއިން އިސްވެ ދިއަ ހުރިހާ ފާފަތަކެއް ފުހެލުމުގެ ފުރުޞަތު ލިބިގެންދާކަން ޙަދީޘުން!

އިމާމް އިޢްތިދާލަށް ތެދުވުމުން މައުމޫމުން ދުޢާފަށާނީ ކިހާ ހިސާބަކުންތޯ؟ 

މިއީ ކިޔުންތެރިއަކު ކުރއްވާވައިފަވާ ސުވާލެކެވެ. ސުވާލާއި ގުޅިގެން ދަންނަވަން އޮތީ ކުރިންވެސް ޝާއިޢުކޮށްފައިވާ މިލިޔުމުން ޖަވާބު ލިބިލއްވާނެ ކަމަށެވެ.   

މާތް ﷲ އެބޭކަލަކަށް ރުއްސުންލެއްވެވި އަބޫ ހުރައިރާގެ އަރިހުންރިވާވެގެންވެއެވެ. 

ރަސޫލް () ޙަދީޘްފުޅު ކުރެއްވެވިއެވެ! 

"އިމާމް މީހާ سمع الله لمن حمده  ކިޔުމުން ތިއަބައިމީހުން " اللَّهُمَّ رَبَّنَا وَلَكَ الْحَمْدُ  ކިޔާށެވެ! ތިމާގެ ދުޢާ އާއި މަލާއިކަތުންގެ ދުޢާ އާއި އެކުއެކީ ވެއްޖެ މީހެއްގެ އިސްވެކުރެވުނު އެންމެހައި ފާފައެއް މާތް ﷲ ފުއްސަވައި ދެއްވަވާނެއެވެ!" (ޞަޙީހް މުސްލމް: 617) 

(އިމާމް މީހާ އިޢްތިދާލަށް ތެދުވެ ޛިކުރުކިޔުމުން މައުމޫމުން ފަށަންވީ ހިސާބު އެއޮތީ އެނގޭށެވެ. އެއިގެ ފަހުން އެމީހަކު ބޭނުން ދުޢާއެއް ކުރާނީއެވެ. ކުރަންވީ ދުޢާ އާއި ބެހޭ ގޮތުން ވަރަށް މުހިންމު ޙަދީޘްފުޅެއް ވާނީ ވަރަށް ފަހުން ބަޔާންކޮށްދެވިފައެވެ.) 

އެއް ޙަދީޘްފުޅެއްގައި ވަނީ އިމާމާ " سمع الله لمن حمده  " ކިޔުމުން " اللَّهُمَّ رَبَّنَا وَلَكَ الْحَمْدُ " ކިޔުމަށެވެ! ސަބަބަކީ މަލާއިކަތުންވެސް މިދުޢާ ކިއުއްވައެވެ! އަދި މިއީ މިދުޢާ ކުރުމުގައި ތިމާމެންގެ އަޑާއި މަލާއިކަތުންގެ އަދުފުޅާއި އެކުއެކީ ނުކުމެއްޖެ ނަމަ މާތް ﷲ ތިމާމެންގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެކެވެ. 

އީމާމް މީހާ ކިޔުމުން ފަހަތުގައި ތިބޭ މީހުން ކިޔަން 4 ގޮތެއް ޙަދީޘްފުޅުގައި އެބައޮތެވެ. އެއީ:

اللَّهُمَّ رَبَّنَا وَلَكَ الْحَمْدُ، رَبَّنَا وَلَكَ الْحَمْدُ، ربنا لك الحمد، اللَّهُمَّ رَبَّنَا لَكَ الْحَمْدُ

އެވެ. މިއިން ކޮންމެ ގޮތަކަށް ކީ ކަމުގައިވިނަމަވެސް މި ހަދީޘްފުޅުގައިވާ ފަދައިން ދަރުމަ ލިބިގެންދާނެއެވެ! އިން ޝާ ﷲ

- އުސްތާޛް ޙުސައިން ރަޝީދު އަޙްމަދު 

ނަމާދުގައި ކުރެވޭ ދުޢާތަކަކީ މިހައި މުހިންމު ދުޢާ ތަކެއް ނަމަވެސް ދޭންޖެހޭ ސަމާލުކަން ނުދީ ބަނދިވަރެއް ފަދައިން އަމުނާލެވެމުންދާކަން އެއީ ހިތާމަކުރަން ޖެހޭ ކަމެކެވެ. ނަމާދު ކުރި ނަމަވެސް ނަމާދުން ލިބެންވާ ފައިދާ ޙާޞިލުކުރެވޭނީ މިފަދަ ކަންކަން ދަސްކޮށް ޢަމަލުކުރި މިންވަރަކުންނެވެ.

 

 

 

މިއަދު އޮންލައިން