ދިރިއުޅުމުގަ ކުރިމަތިވާ ހުރަސްތައް އެކަނި ޙިއްޞާކުރުމަކުން ނުފުދޭނެ! ކާމިޔާބު ޙާޞިލުކުރަން ކުރި މަސައްކަތާއެކު ޙިއްޞާ ކުރުމަކީ ޘަވާބު ދެއްވަވާނެ ހެޔޮ ޢަމަލެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ދިރިއުޅުމުގަ ކުރިމަތިވާ ހުރަސްތައް އެކަނި ޙިއްޞާކުރުމަކުން ނުފުދޭނެ! ކާމިޔާބު ޙާޞިލުކުރަން ކުރި މަސައްކަތާއެކު ޙިއްޞާ ކުރުމަކީ ޘަވާބު ދެއްވަވާނެ ހެޔޮ ޢަމަލެއް!: މުފްތީ މެންކް

މީސްތަކުންނަށް ޢިބްރަތަކަށްވާ ކަންކަން ﷲ ތަޢާލާ މިންވަރު ކުރައްވަވަނީ ފިލާވަޅަކަށެވެ! ދަތިކަމެއް ކުރިމަތިވީ ތިމާއަށް ކުރެވުނު ކުށަކުން ކަމުގައިވާނަމަ އެ ކުށް ތަކުރާރު ނުކުރާށެވެ! އަދި ދަތިތަކުން އަރައިގަންނަން ހިތްވަރާއިއެކު ގަދައަޅައި މަސައްކަތްކުރާށެވެ! އަދި އެކަމުގައި ލިބޭ ކާމިޔާބީ އާއި ކުރެވުނު ތަޖުރިބާ އެހެން މިހުންނާއި ޙިއްޞާކުރާށެވެ! 

އެއީ ވަރަށް މަތިވެރި ހެޔޮ ޢަމަލެކެވެ! އެކަމުގެ ސަބަބުން އެހެން މީހުންނަށް ކަންކަން ވިސްނި އެފަދަ ކުށްތައް ކުރެވުމުން ސަލާމަތްވާނެއެވެ! އެއިރުން ތިބާއަށް އެކޮށްދެވެނީ ވަރަށް ބޮޑު ހެޔޮ ކަމެކެވެ. އެކަމަށް ﷲ ތަޢާލާ ތިބާއަށް ޙައްޤު ޖަޒާ މިންވަރުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ

- -މުފްތީ މެންކް 

މުހިންމީ ކުރިމަތިވާ ދަތިތައް ހިއްޞާކުރުން އެކަންޏެއް ނޫނެވެ. ދަތިތަކަށް އޮތީ ކެތްތެރިވުމެވެ. ޙިއްޞާކުރަންވީ ދަތިތަކުން އަރައިގަންނަން ކުރި މަސައްކަތެވެ! އެއިރުން އެބާވަތުގެ ދަތިކަން މެދުވެރިވާ އެހެން މީހުންނަށް އެކަން އެގި ދަތިކަމެއްމެދުވެރިވުމުން އަރައިގަންނަން ކުރާ މަސައްކަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

ދަތިޙާލެއްގައި ހުރި މީހަކަށް އެކަމުން އަރައިގަތުމަށް ފޯރުކޮށްދެވޭ ކޮންމެ އެހީތެރިކަމަކީވެސް ހަމަ ޞަދަޤާތެކެވެ. ވީމާ އަރައިގަނެވޭނެ މަގު ދެއްކުން ފަދަ ގޮތްގޮތުން އެހީތެރިވުން ވެސް އެއީ ހަމަ މަތިވެރި ޞަދަޤާތެވެ!

އިންސާނީ ޙަޟާރަތަށް ކުރިއެރުން ލިބޭ އެންމެ ބޮޑު އެއް ސަބަބަކީ ތަޖުރިބާ ހިއްޞާ ކުރުމެވެ. އެހެންކަމުން އެންމެ ކުރީ ޒަމާނުންސުރެ މީސްތަކުން ވަނީ ތަފާތު މައުލޫމާތުތައް ޙިއްޞާކޮށްފައެވެ! މީސްތަކުން ކުރިއެރުމާއި ކާމިޔާބީ ހޯދީ އެފަދަ މައުލޫމާތުގެ ޢަލީގައެވެ.

 

މިއަދު އޮންލައިން