އަސްސަތޭކައަށްވުރެ ގިނަ ދަރިވަރުން ނަރުސްކަން ކިޔަވަމުން އަންނަކަމަށް ނައިބް ރައީސް ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
އަސްސަތޭކައަށްވުރެ ގިނަ ދަރިވަރުން ނަރުސްކަން ކިޔަވަމުން އަންނަކަމަށް ނައިބް ރައީސް ވިދާޅުވެއްޖެ

މަތީ ތަޢުލީމް ހާޞިލްކުރުމަށް ސަރުކާރުން ދެމުން އަންނަ ސްކޮލަޝިޕްތަކުގައި މިހާރުވެސް މެޑިސިންގެ ދާއިރާއިން 70 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކަމަށާއި އަދި ސަރުކާރުން ކުރިއަށް ގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހާތަނަށް 15000 ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައި ވާއިރު، އެއިގެ ތެރޭގައި ނަރުސްކަން ކިޔަވަމުންދާ 800 ވުރެ ގިނަ ދަރިވަރުން ހިމެނޭކަމަށް ރައީސުލްްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ވިދާޅުވީ، އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ، "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ..

މިކޮންފަރެންސްގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ރައްޔިތުންނަށް ފަސޭހައިން ޞިއްޙީ ޚިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ. މިގޮތުން ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތާއިއެކު، ޞިއްޙީ ޚިދުމަތް ހޯދުމަށް ދަތުރުކުރުމުގައި ހުރި ދަތިތައް ނިމުމަކަށް ގެނެވޭނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ހިނގަމުންދާއިރު، އައްޑޫ ސިޓީގައި ހުންނަ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ވަރަށް އަވަހަށް ކެތުލެބެއް ހުޅުވިގެންދާނެ ކަމަށެވެ.

ގައިންގައަށް ނާރާ ބަލިތައް ރާއްޖޭގައިވެސް ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދުޅަހެޔޮ ސިއްޙަތަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް މުޖުމަޢުން އެއްބާރުން ދެއްވުމަށް ގޮވާލައްވާފައެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މެދުވެރިވާ ހާދިސާތައް މަދުކުރެވި އާއްމު ސިއްޙަތަށް ހެޔޮބަދަލެއް ގެނައުމަކީ، މުޖުތަމަޢުގެ އެންމެން ގުޅިގެން މަސައްކަތް ކުރާނަމަ ހާޞިލްކުރަން އުނދަގޫކަމެއް ނޫންކަމުގައިވެސް ވިދާޅުވިއެވެ.

މިއަދު އޮންލައިން