ފިކުރު ބޮޑުވުމުންކަމަށްބުނެ އަނބިދަރިންނަށް ނުބައިބަސްބުނެ އަނިޔާވެރިކުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ނުބައި ޢަމަލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ފިކުރު ބޮޑުވުމުންކަމަށްބުނެ އަނބިދަރިންނަށް ނުބައިބަސްބުނެ އަނިޔާވެރިކުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ނުބައި ޢަމަލު!

ދިރިއުޅުމުގައި ކޮންމެ ދުވަހަކުހެން ތަފާތު މައްސަލަތައް ކުރިމަތިވާނެއެވެ. އެއްވެސް މައްސަލައެއް ކުރިމަތިނުވެދާނީ ޙާލަކުން ދުވަހެކެވެ. ވީމާ ކަމެއް ދިމާވާ ކޮންމެ ދުވަހަކު ފިކުރުބޮޑުވެގެންކަމަށްބުނެ އަނބިދަރިންނަށް އަނިޔާވެރިވުމުގެ ނުބައި އާދަ ދޫކޮށްލަން ޖެހޭނެއެވެ.

"ދިރިއުޅުމުގައި އެއްވެސް މީހަކަށް އެއްވެސް މުޞީބާތެއް ކުރިމަތި ނުކުރައްވަވާނެ" ކަމަށް ﷲ ތައާލާ ވަޢުދުވެވޮޑިގެންފައެއް ނުވެއެވެ. އިންސާނުން އުފެއްދެވީވެސް މުޞިބާތްތަކާއި ކުރިމަތިލުމަށެވެ! މީސްތަކުން އިމްތިޙާނުކުރެއްވެވުމަށްޓަކައެވެ. ވީމާ ފިކުރު ބޮޑުވާއިރަށް ނުބައި އަމަލުތައް ކުރެވޭނަމަ އެމީހަކު އެވަނީ ވަރަށް ބޮޑަށް ފޭލްވެފައެވެ.

ކުރިމަތިވި މައްސަލައަށް ނުވިސްނާށެވެ! ކެތްތެރިވެ ހެޔޮ ޢަމަލުތައް ކުރަމުން ގެންދާށެވެ! ތިމާކުރާ ކޮންމެ ކަމެއްވެސް ވީހައި ރަނގަޅަކަށް ކުރަމުން ގެންދާށެވެ! އެއިރުން ﷲ ތަޢާލާ ތިބާގެ ދަރަޖަ މަތިވެރިކުރައްވަވާނެތެވެ.

ނާއުންމީދުތަކާއި ނުރަނގަޅު ވިސްނުންތަކުން ދުރުވެގަންނާށެވެ! އެއިރުން އެމީހަކަށް ކުރިމަތިވެފައިވާ ކަންބޮޑުވުމުން އަރައިގަނެވޭނެއެވެ! އިން ޝާ ﷲ"

--އަލަފް

މިއަދު އޮންލައިން