ފިރިމީހާ އެދޭނަމަ ޖިމާޢުވުން ނޫން ގޮތަކަށް ބޭނުން ފުއްދައިދިނުން ހުއްދަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ފިރިމީހާ އެދޭނަމަ ޖިމާޢުވުން ނޫން ގޮތަކަށް ބޭނުން ފުއްދައިދިނުން ހުއްދަވާނެތޯ؟

ފިރިމީހާ އެދޭނަމަ ޖިމާޢުވުން ނޫން ގޮތަކަށް ބޭނުން ފުއްދައިދިނުން ހުއްދަވާނެތޯ؟ 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އާއި އަނހެނަކު ކޮށްފައިވާ މިސުވާލަކީ ބައެއް ކިޔުންތެރިންވެސް ކުރައްވާ ސުވާލެކެވެ. މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ފިރިމީހާ ބޭނުންވާނަމަ އެއީ މައްސަލައެއް ނޫން ކަމަށާއި އެގޮތުން އަނބިމީހާގެ އަނގައިން ނުވަތަ އަތުން ފިރިމީހާގެ ބޭނުން ފުއްދައިދެވިދާނެ ކަމަށެވެ. 

ވިސްނާލަން ޖެހޭނެ ކަމެއް އެބައޮތެވެ! އެއީ ފިރިމީހާ އެދުނަސް ލިވާޠު ކުރުމަކީ ޙަރާމް ކަމެއްކަމެވެ. ކައިވެނިކޮށްގެން ތިބެ ނަމަވެސް ލިވާޠުކުރުމަކީ ހަމަ ޙަރާމް ކަމެކެވެ. އަދި އެކަމަށް ބޭނުންކުރަން މިހާރު ގެންގުޅޭ ސެކްސް ޓޯއީ ފަދަ ތަކެތި ބޭނުންކުރުން ވެސް ހުއްދަވެގެނެއް ނުވެއެވެ. 

މީގެ އިތުރުން އަނބިމީހާގެ ޞިއްޙީ ޙާލަތު ހުންނަ ގޮތަކުން ޖިމާޢުވެދެވެން ނެތް ޙާލަތުގައި ވެސް މިބުނި އުޞޫލުގެ ތެރެއިން ފިރިމީހާގެ ބޭނުން ފުއްދައިދިނުން ހުއްދައެވެ. އަދި އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ފިރިމީހާ ކެތްތެރިވެ އެކަން ބަލައިގަންނަންވާނެއެވެ. އަނބި މީހާގެ ޞިއްޙަތަށް ގެއްލުމެއް ލިބިދާނެ ގޮތަކަށް ނުވަތަ އެފަދަ ޙާލަތެއްގައި ޖިމާޢުވެގެން ނުވާނެއެވެ. 

- މައްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިފަދަ ވާހަކަތައް ގެނެސްދިނުމުން ނުރުހޭ ބައަކު ވެސް އުޅެއެވެ. ދީނުގައި ހުއްދަކަންކަމާއި ހުއްދަ ގޮތް ޢިލްމުވެރިން ބަޔާންކޮށްދެއްވުމަކީ ހުތުރުވާހަކަ ދެއްކުން ކަމަށް ނުދެކޭށެވެ. އިސްލާމް ދީނަށް ޢަމަލުކުރެވޭނީ ކަންކަން އެނގިގެން ކަމަށްވާތީއެވެ.

 

 

 

މިއަދު އޮންލައިން