ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަ ހިފީމާ އިތުރު 1 އަހަރު ދުވަހުގެ ރޯދަ އެބަހިފޭ! މިއީ ނުކޮށްދޫކޮށްލަން ހެޔޮވާވަރުގެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަ ހިފީމާ އިތުރު 1 އަހަރު ދުވަހުގެ ރޯދަ އެބަހިފޭ! މިއީ ނުކޮށްދޫކޮށްލަން ހެޔޮވާވަރުގެ ކަމެއް ނޫން!

ހިޖުރީ ކަލަންޑަރުގެ ކޮންމެ މަހެއްގެ 13،14،15 3 ދުވަހު ރޯދަ ހިފާ މީހަކަށް އިތުރު 1 އަހަރު ދުވަހު ރޯދަހިފިކަމުގެ ޘަވާބު ދެއްވަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ! މި 3 ރޯދައަކީ ބޭނުންނަމަ މުޅި މަހަށް ބަހާލައިގެންވެސް ހިފިދާނެ 3 ރޯދައެވެ. އަދި އެއިރުން އެމީހަކަށް މުޅި އަހަރުގެ ހުރިހާ ދުވަހެއްގައިވެސް އެހުރެވެނީ ރޯދައަށެވެ!

ކޮންމެ ހަފްތާއެއްގެ ޙޯމަދުވަހާއި ބުރާސްފަތި ދުވަހު ރޯދަހިފާމީހުންނަށް ކޮންމެ މަހަކުވެސް ދާނީ 8 ރޯދަ ހިފެމުންނެވެ. ހިފާ ކޮންމެ ރޯދައަކަށް އެމީހަކާއި 70 އަހަރުގެ ރާސްތާއަށް ނަރަކަ ދުރުކުރައްވަވާނެކަން އެއީ ދޫކޮށްލަން ހެޔޮވާނެ ނިޢްމަތެއް ހެއްޔެވެ؟

މީގެ 5 އަހަރުކުރިން އެކުވެރި ޒުވާނަކަށް އާދޭސްކޮށްގެން މަހަކު 3 ރޯދަ ހިފަންފެށިއެވެ. މިހާރު އެޒުވާނާއަކީ މަހަކު ހިފާހިތުން 11 ރޯދަ ހިފާ މީހެކެވެ. އެއީ ކޮންމެ ހޯމަ، ބުރާސްފަތި ދުވަހަކާއި މަހުގެ 3 ރޯދައެވެ. ނުހަނު ފަސޭހައިން ގާތްގަނޑަކަށް ދެދުވަހުން އެއް ދުވަހު ރޯދަހިފެނީއެވެ. ކޮންމެ ހެޔޮއަމަލަކީވެސް އިޚްލާޞްތެރިކަމާއިއެކު ކުރަން ފެށުމުން ކުރާހިތުން ކުރަން ދެވިހިފާކަމެވެ.

3 ރޯދަހިފުމާއި ގުޅޭ ޑރ. ޒާކިރް ނައިކުގެ ވީޑިއޯއެއް:

 

 

މިއަދު އޮންލައިން