ކުރިމަތިވާ ދަތި އުނދަގޫ މައްސަލަތަކުން އަރައިގަނެ އުފާވެރިކަން ހޯއްދަވަން މި ދުޢާ--

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ކުރިމަތިވާ ދަތި އުނދަގޫ މައްސަލަތަކުން އަރައިގަނެ އުފާވެރިކަން ހޯއްދަވަން މި ދުޢާ--

ދިރިއުޅުމުގައި މައްސަލަތައް ގިނަވެ ހިތްދަތި ޙާލަތެއް މެދުވެރިވެފައިވާނަމަ އެކަންކަމުން އަރައިގަނެވޭނެ މަގެއް ދައްކަވައިދެއްވެވުން އެދި މިފަދައިން ދުޢާކުރެއްވުން ކީއްތޯއެވެ! ކުރިމަތިވާ ކޮންމެ ކަމަކުންވެސް އަރައިގަނެވޭނީ ﷲ ތަޢާލާ އެކަމެއް ހިންމަވައި ދެއްވެވުމުންނެވެ! މީސްތަކުންނަށް އޮތީ ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ ﷲ ތަޢާލާއަށް ދުޢާކުރުން ގިނަކުރުމެވެ.

“ޔާ ﷲ! މިއަޅާ ކުރާ އަޅުކަން ގަބޫލުކުރައްވަވާނދޭވެ! މިއަޅާއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރެވޭނެ މަގެއް ދައްކަވައިދެއްވަވައިފާނދޭވެ! މިއަޅާގެ ދިރިއުޅުމަށް އުފާވެރިކަން މިންވަރުކޮށްދެއްވަވާނދޭވެ! އަދި މިއަޅާއަށް ދަތި އުނދަގޫ އެންމެހައި ކަންކަން ފަސޭހަކުރައްވަވައި ދެއްވަވާނދޭވެ! އާމީން

ބައެއް މީހުން ވަގުތުތައް ހޭދަކުރަނީ ކުރާނެ ރަނގަޅު ދުޢާއެއް ހޯދުމުގައެވެ. އެކަމަށް ގިނަ ދުވަސްތަކެއް އެބަހޭދަކުރެއެވެ. ކީރިތި ޤުރްއާނާއި ސުންނަތުގައިވާ ދުޢާތައް ހޯދުމަކީ ކުރަން ރަނގަޅު ކަމެކެވެ. ނަމަވެސް ބުނެލަން އޮތީ ދުޢާއެއް ނުފެނިގެން އެންމެ ހިނދުކޮޅެއްވެސް ބޭކާރުނުކުރާށެވެ. ދުޢާނުކޮށް ލަސްނުކުރާށެވެ! އެމީހަކަށް އެނގޭ ޢިބާރާތަކުން ދުޢާކުރަން އަވަސްވެގަންނާށެވެ!

ބަސްމޮށުންތެރިކަމާއިމެދުވެސް ކަންބޮޑުނުވާށެވެ! އެމީހެއްގެ ހުރި ފެންވަރު އެމީހާއަށްވުރެ މާމޮޅަށް ﷲ ތަޢަލާ ދެނެވޮޑިގެންވެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން