ބޭފުޅުންނޭ! ހަމައެގޮތަށް އެކަމަށް މަގުފަހިރުކުރުމަށްޓަކާ، ނަފްސް ހިސާބު ކުރުމުގެ އާދަ އަށަގެންނެވުމަށްޓަކާ މީހާ ޣާފިލުކުރުވާ ބޭކާރުކަންތައްތަކުގާ އުޅޭމީހުންނާ އެފަދަ ޢަމަލުތަކުން ދުރުވާންޖެހޭ. އެފަދަ ކަންތައްތަކުގެ ތެރޭގާ ރެޔާދުވާލު ހޭބޯނާރާ އުޅެން ހަދައިގެން ﷲގެމަތިން ހަނދުމަކުރަން ވަރަށް އުދަގޫވާނެ. އެހެންވީމާ، ނަފްސު ހިސާބު ކުރަން ބޭނުންވާމީހާ އެފަދަ ވިސްނުމުގެ މީހުންނާއެއްކޮށް އުޅެ އެނޫން ޚިޔާލުގެ އެކިއެކި ކަންކަމުގާ މަސްއޫލުވެގެން އުޅޭފަރާތްތަކާ ދުރަށް ޖެހިލުމަކީ އެއީ ވަރަށް މުހިންމު ކަމެއް.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން