ޤިޔާމަތްދުވަހު ދުނިޔެ ފެށުނީންސުރެ އުފަންވި އެންމެން މަޙްޝަރު މައިދާނަށް ޙާޒިރުކުރައްވާއިރު ހާދަހާ ގިނަބައަކު ތިބޭނޭ! އެއެންމެންގެ ޙިސާބު ބައްލަވާނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޤިޔާމަތްދުވަހު ދުނިޔެ ފެށުނީންސުރެ އުފަންވި އެންމެން މަޙްޝަރު މައިދާނަށް ޙާޒިރުކުރައްވާއިރު ހާދަހާ ގިނަބައަކު ތިބޭނޭ! އެއެންމެންގެ ޙިސާބު ބައްލަވާނީ ކިހިނެއް؟

عليّ بن أبي طالب رضي الله عنه އަށް ދެއްނެވުނެވެ. އަޅުތަކުންގެ ގިނަކަމާއެކު، މާތް ﷲ އެބައިމީހުންގެ ޙިސާބުބައްލަވާނީ ކިހިނެއްތޯއެވެ! ޖަވާބުގައި ވިދާޅުވިއެވެ. "އެބައިމީހުންގެ މެދުގައި ރިޒްޤު ބައްސަވާފަދައިންނެވެ." 

ވިސްނަވާލައްވާށެވެ! ﷲ ތަޢާލާ ރިޒުޤް ދެއްވަވަނީ ހަމައެކަނި އިންސާނުންނަކަށް ނޫނެވެ. ކުދިކުދި ހިނިތަކުން ފެށިގެން އެންމެ ބޮޑެތި ޖަނަވާރުތަކަށް ދިރިތިބެވެނީ ﷲ ތަޢާލާ އެތަކެއްޗަށް ރިޒުޤް ދެއްވަވާތީއެވެ. ބިމުގެ އަޑީގައާއި ކަނޑުގައި އުޅޭ ތަކެއްޗަށްވެސްމެއެވެ. 

ދުނިޔޭގެ ހުރިހާ ޤައުމުތައް ގުޅިގެން ކުރަން އުޅުނަސް އެކަމެއް ނުކުރެވޭނެއެވެ. ނަމަވެސް ﷲ ތަޢާލާ ކޮންމެ ދުވަހަކު އެއްޗެއް ކޮންމެ ތަނެއްގައިވީނަމަވެސް ދިރޭ ހުރިހާ އެއްޗަކަށް އެދުވަހަކަށް އެއެއްޗަކަށް ކަނޑައަޅުއްވަވާފައިވާ ރިޒުޤް ދެއްވަވަތެވެ. 

ޢަލީގެފާނު ވިދާޅުވެފައި އެވަނީ އެފަދަ މަތިވެރިވަންތަކަމާއި ކުޅަދުންވަންތަކަން ލިބިވޮޑިގެންވާ ކަލަކަށް ޤިޔާމަތްދުވަހު މީސްތަކުންގެ ހިސާބު ބައްލަވައިލެއްވެވުން ވާނީ އިންތިހާއަށް ފަސޭހަފުޅު ކަމަކަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން