ސުވާލު:. ވިހައިގެން ތިންމަސްވީ އިރުވެސް ނިފާސްކަމުގެލޭ ފެންނަނަމަ ނަމާދުކުރަން ކަންތައް ކުރަންޖެހޭގޮތެއް ބުނެވިދާނެތޯ؟
ޖަވާބު:. ނިފާސްގެ އެންމެ ދިގުމުއްދަތަކީ 40 (ސާޅީސް) ދުވަހެވެ. އެއަށްވުރެ އިތުރު ވާނަމަ އެއީ އިސްތިޙާޟާއެވެ. މިޙާލަތުގައި ނިފާސް ރަނގަޅުވީކަމަށް ބަލައި ހިނައިގަންނާނީއެވެ. އަދި ކޮންމެނަމާދަކަށް ވުޟޫ އާކޮށްގެން ނަމާދުކުރާނީއެވެ. .
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް.