ހިތްދަތިކަން ދިގުލައިދަނީ ތިބާއަށް އެކަނި ނޫންކަން ޤަބޫލުކުރީމާ ވަރަށް ގިނަ މައްސަލަތަކަށް ޙައްލު ހޯދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ހިތްދަތިކަން ދިގުލައިދަނީ ތިބާއަށް އެކަނި ނޫންކަން ޤަބޫލުކުރީމާ ވަރަށް ގިނަ މައްސަލަތަކަށް ޙައްލު ހޯދޭނެ!

ހަމައެކަނި ހިތްދަތިކަމެއް ނޫނެވެ! މީސްތަކުންނަށް ކުރިމަތިކުރައްވަވާ އިމްތިޙާންތައް މީސްތަކުން ހީކުރާވަރަށްވުރެ ގިނަ ދުވަސްތަކަކަށް ދެމިގެންދެއެވެ. ހިތްވަރު ދޫކޮށްނުލާށެވެ! ކުރިމަތިވެފައިވާ ހާލަތާއިގެން ސާބިތުކަމާއިއެކު ކުރިއަށް ދިއުމުގެ ހިތްވަރު ދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކުރުން ގިނަކުރާށެވެ! 

ޙާލަތު ދިގުލައި ދިއުމުން ގިނަ ބައަކަށް ލިބޭ މާޔޫސްކަމުގައި އުންމީދު ކަނޑައިލެވެއެވެ. އުންމީދު ކަނޑައިލުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. އުންމީދު ކަނޑައިލުމަކީ އެއްވެސް ކަމަކަށް އޮންނާނެ ޙައްލެއް ނޫނެވެ. 

މުހިންމީ އިމްތިޙާނު ނިމެންދެން އިމްތިޙާނުގައި ސާބިތުވުމެވެ. އެކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތައިނުލާށެވެ! ކެތްތެރިވާށެވެ! ކުރިމަތިކުރައްވަވާފައިވާ ޙާލަތުން އަރައިގަނެވުން އޮތީ ހަމަ ދާދިގާތުގައި ޔަޤީންކޮށްގެން ހުންނާށެވެ! 

މިފަދަ ދުޢާތައްކުރަމުން ގެންދާށެވެ! 

"ޔާ ﷲ! މިއަޅާ މިވަނީ ހިތްދަތިކަމާއި ހާސްވުމާއި ކަންބޮޑުވުމުގެ ތެރޭގައެވެ! މިއަޅާގެ އީމާންކަން ސާބިތުކަންމަތީގައި ވަރުގަދަކޮށްދެއްވަވާނދޭވެ! އަދި މިއަޅާގެ ޢަމަލުތައް ބަހައްޓަންވީ ގޮތުގެ ފުރިހަމަ ވިސްނުން މިއަޅާއަށް މިންވަރުކޮށްދެއްވަވާނދޭވެ! ނުބައި ވަސްވާސްތަކާއި ޝައްކުތަކުން ސަލާމަތްވެ ހުރެ ރަނގަޅު މަގުން ޢަމަލުކުރުމުގެ ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ! 

ހުރިހާ ބާރުވެރިކަމަކާއި ޙައްލު ވަނީ އިނބަ ރަސްގެލާނގެ ޙަޟްރަތުގައިކަން މިއަޅާ ހިތުގެ އަޑިން ޤަބޫލުކުރަމެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން