ސުވާލު:. ފިރިމީހާ ގާތުން ވަރިވެގެން އިއްދާގައި އިންނައިރު ވަރިކުރި މީހާނޫން ފިރިހެނަކާއެކު ކާވެނިއަށް އެރޭންޖްމެންޓަށް ދިއުމަކީ ހުއްދަކަމެއްތޯ؟
ޖަވާބު:. އިއްދާގެ މުއްދަތު ނިމުމުގެކުރިން އެހެން ކާވެންޏެއް ކުރުމުގެ އެއްވެސް ކަމެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއްނޫން.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް
(ވީމާ ވަރިކުރި މީހާ އާއި އަލުން ގުޅެން ބޭނުން ނުވިނަމަވެސް ޢިއްދައިގެ މުއްދަތުގައި އެހެން މީހަކު ދެކެ ލޯބިވެގެން އުޅުމާއި ޢިއްދަ ހަމަވާއިރަށް ދެވަނަ ކައިވެނިކުރަން ތައްޔާރުވުން ހުއްދަވެގެނެއް ނުވެއެވެ. އެކަންކަން ކުރަންޖެހޭނީ ޢިއްދަ ހަމަވުމުންނެވެ. ވިސްނާލަންވީ ކަމަކީ ދެވަނަ ނުވަތަ ދެންކުރާ ކައިވެނީގައި ވެސް ބަރަކާތް ލައްވަވާނީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން، ދީނުގައި އޮތްގޮތަށް ޢަމަލުކުރުމުންކަމެވެ. ވީމާ ޢިއްދައިގެ މުއްދަތުގައި ސޯޝަލްމީޑިއާގައިވެސް ފޯނުންވިޔަސް ލޯބީގެ ވާހަކަދައްކައި ގުޅުން އުފެއްދުން ފަދަ ކަންކަން ނުކުރާށެވެ.)