ތިބާގެ އަތުން ގެއްލޭ ހުރިހާ އެއްޗަކަށްވުރެ މާގިނައިން ދެއްވަވާނެ ޢަމަލު-!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ތިބާގެ އަތުން ގެއްލޭ ހުރިހާ އެއްޗަކަށްވުރެ މާގިނައިން ދެއްވަވާނެ ޢަމަލު-!: މުފްތީ މެންކް

ލޮބުބެތި އަޚުންނާއި އުޚުތުންނޭވެ! ތިމާއަށް މިންވަރުކުރައްވަވާފައިވާ އެއްވެސް ނިޢްމަތެއް، އަދި ކިތަންމެ ގިނަ ނިޢްމަތްތަކެއް ނަމަވެސް އަބުރާ ގެންދަވައިފިނަމަ އެކަމަށް ކެތްތރިވާށެވެ! ކެތްތެރިވާ އަޅުންނަށް ﷲ ތަޢާލާ އެކަމުގެ ބަދަލު ދެއްވަވާނީ މާފުރިހަމައަށެވެ. އަނބުރާ ގެންދެވި ނިޢްމަތްތަކަށްވުރެ މާގިނަ ނިޢްމަތްތައް ދެއްވަވާނެތެވެ! އިން ޝާ ﷲ

ކޮންމެ ނިޢްމަތަކީވެސް ﷲ ތައާލާ ދެއްވަވާ ކަމެކެވެ. ނިޢްމަތް ދެއްވެވުމަށްފަހު އަނބުރާ ގެންދިއުމުން އެކަން އެގޮތަށް މެދުވެރިވީ ﷲ ތައާލާ ތިމާ އާއިމެދު ރުހިވޮޑި ނުގަތުމުން ކަމަށް ހީވެސް ނުކުރާށެވެ! އެހެނީ އެގޮތަށް މެދުވެރިކުރައްވަވަނީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށެވެ. އެމީހުންގެ ކެތްތެރިކަމާއި ކިޔަމަންތެރިކަން އިމްތިޙާން ކުރެއްވެވުމަށެވެ.

ޝަކުވާކޮށް ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ ދެއްވެވީވެސް އަދި އަނބުރާ ގެންދެވީވެސް ހަމަ ﷲ ތަޢާލާ ނޫން ހެއްޔެވެ؟

އިންސާނުންގެ ދަހިވެތިކަން ބޮޑުކަމުން ކިތަންމެ ހެޔޮކޮށް ކަންކަންކޮށްދޭ މީހެއްގެ ޙައްޤުތަކުންވެސް ވައްކަންކޮށްފާނެއެވެ. މަކަރާއި ޙީލަތުން އެއްޗެތިތަކެއް އަތުލައިގެންފާނެއެވެ! އަދި ކިތަންމެ ބޮޑު ގެއްލުމެއްވެސް ދީފާނެއެވެ!

ނަމަވެސް ﷲ ތައާލާގެ ޙަޟްރަތުން ކަންކަން މިންވަރުކޮށްދެއްވަވާ ގޮތް މުޅިން ތަފާތެވެ! ކެތްތެރި، އިޚްލާޞްތެރި، ތެދުވެރި އަޅުންނަށް ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައިލަ ދެއްވަވަތެވެ! ދުނިޔޭގައި ނުލިބުނު ނަމަ އާޚިރަތް ދުވަހު ދެއްވަވާނެ ނިޢްމަތްތައް މާގިނަވާނެއެވެ! އިން ޝާ ﷲ

ވީމާ ކިތަންމެ ދަތިޙާލުގައި ނަމަވެސް ހިތްދަތިކަމުގައިވެސް ކެތްތެރިކަން އިސްކުރާށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ! ހީވެސް ނުކުރެވޭހައި ގިނައިން ނިޢްމަތްތައް މިންވަރުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން