ޙަރަމްފުޅު ނުވަތަ އެނޫންވެސް މުޤައްދިސް ތަންތަނުގައި ފޮޓޯ ނަގައި ހާމަކުރުމަކީ އެއްވެސް ފައިދާކުރާނެ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޙަރަމްފުޅު ނުވަތަ އެނޫންވެސް މުޤައްދިސް ތަންތަނުގައި ފޮޓޯ ނަގައި ހާމަކުރުމަކީ އެއްވެސް ފައިދާކުރާނެ ކަމެއްތޯ؟

ޙަރަމްފުޅު ނުވަތަ އެނޫންވެސް މުޤައްދިސް ތަންތަނުގައި ފޮޓޯ ނަގައި ހާމަކުރުމަކީ އެއްވެސް ފައިދާކުރާނެ ކަމެއްތޯ؟

ކިޔުންތެރިއަކު ކޮށްފައިވާ މި ސުވާލަށް ތިރީގައިވާ ލިޔުމުން އެކަށީގެންވާ ޖަވާބެއް ލިބޭނެކަމަށް އުންމީދުކުރަމެވެ.

ޓެކްނޮލޮޖީއަށް ﷲ ތަޢާލާ ދެއްވެވި ކުރިއެރުމާއިއެކު ކުރާ ކޮންމެ ކަމެއް ފޮޓޯނެގުމާއި ބައްދަލުވާ ކޮންމެ މީހަކާއިއެކު ފޮޓޯ ނެގުމާއި ދެވޭ މުޤައްދިސް ތަންތަނުގައި ފޮޓޯނެގުމާއި ވީޑިއޯ ކުރުމާއި އެތަކެތި ހާމަކުރުން މިއަދު މިވަނީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމަކަށްވެފައެވެ. އެހެންކަމުން ވަރަށް ގިނަ ބައަކު އެކަން ކުރެއެވެ.

މިގޮތުން ޙަރަމްފުޅުތަކަށާއި މަޝްހޫރު މިސްކިތްތަކަށް ދެވުމުންނާއި އަދި ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެވުމުން ވެސް އެކުގައި ފޮޓޯތައް ނަގައި ހާމަކުރެއެވެ. އެއްކޮށް ޖަމާކުރެއެވެ. އެހެންކަމުން ބުނެލަން އޮތީ ނަގާ ފޮޓޯއަކުން ނުވަތަ ހާމަކުރާ ފޮޓޯއަކުން އެކަނި ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމަށެވެ. އެހެނީ ޤިޔާމަތް ދުވަހު ނުވަތަ މަރުހިއްޕަވަން މަލާއިކަތުން ވަޑައިގަތުމުން ކިތަންމެ ބޮޑު ޢިލްމުވެރިއަކާއިއެކު ނުވަތަ ޙަރަމްފުޅުގައި ނަގާފައިވާ ފޮޓޯއެއް ދައްކައިގެން ސަލާމަތެއް ނުވެވޭނެއެވެ! އަދި ދެއްކުމުގެ ފުރުޞަތެއްވެސް ނުލިބޭނެއެވެ.

ޢިލްމްވެރިއަކާއިއެކު ނަގާ ފޮޓޯއިން ފައިދާއެއް ނުކުރި ނަމަވެސް ޢިލްމުވެރިޔާ ދެއްވާ ނަޞޭޙަތް ޤަބޫލުކޮށް ޢަމަލުކުރާނަމަ އެކަމުގެ ފައިދާކުރާނެއެވެ! ޙަރަމްފުޅަށް ދެވުމަށްފަހު ތިމާއަށް ﷲ ތަޢާލާ ދެއްވެވި ނިޢްމަތުގެ ބޭނުން ހިފައި ތިމާގެ ޢަމަލުތައް ދީނުގައި ސާބިތުކޮށްފިނަމަ އެކަމުގެ ފައިދާކުރާނެއެވެ!

ވަކި މީހަކާއިއެކު ނުވަތަ ވަކިތަނެއްގައި ނަގާ އެއްވެސް ފޮޓޯއަކުން ޖަންނަތުލްފިރުދައުސް އާއި ކައިރިއެއް ނުވެވޭނެއެވެ. ކައިރިވެވޭނީ ކުރާ ހެޔޮ ޢަމަލުންނެވެ! ހެޔޮ ޢަމަލުތައް ކުރަން ގޮވާލައި ޕޯސްޓްތައް ފަތުރާ މީހުންނަށްވެސް އެކަމުގެ ފައިދާކުރާނީ ތިމާ ވެސް އެކަމަށް ޢަމަލުކުރުމުންނެވެ!

ފޮޓޯ ނަގައިފިނަމަ ހަނދާނަކަށް ބާއްވާށެވެ! ހަނދާން ބަހައްޓަންވީ ޢިލްމުވެރިޔާ ދެއްވި ނަޞޭޙަތެވެ! ތިމާއަކީ ޙައްޖު ނުވަތަ ޢުމުރާވުމުގެ ނަޞީބު ލިބިފައިވާ މީހެއްކަމެވެ. އިސްލާމް ދީނުގައި ސާބިތުވާންޖެހޭނެ ކަމެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން