އެއީ ވަރަށް ތަނަވަސް މީހެކެވެ. ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވީނަމަވެސް ކައިވެނިކުރަން ބޭނުންވި ކުއްޖާ އެކަމަށް ނުރުހުމުން އޭނާ ޤަޞްދުކުރީ ސިހުރުވެރިންގެ އެހީތެރިކަން ހޯދައިގެން ކުއްޖާ ހޯދާށެވެ.
ރަށުގައި ތިބި ބޮޑެތި ސިހުރުވެރިންގެ ގާތަށްގޮސް ބޮޑެތި ހޭދަތައް ކުރުމުންވެސް ކާމިޔާބެއް ނުވިއެވެ. ދެން އޭނާ ޤަޞްދުކުރީ ދުނިޔޭގައި ހުރި އެންމެ ބޮޑު ސިޙުރުވެރިޔާ ގާތަށްދާށެވެ. އެހެންވެ އޭނާހުރި ޤައުމަށްގޮސް އޭނާ އާއި ބައްދަލުކުރުމުން އެއީ އެއްވެސް ކަމެއް ނޫން ކަމަށާއި އޭނާބުނާ ވަރަކަށް ފައިށާދީފައި އެނބުރި ޤައުމަށްގޮސް މަޑުކޮށްލުމަށެވެ.
ބުނިވަރަށް ފައިސާދިފައި ގޮސް މަޑުކޮށްގެންހުންނަތާ އެތައް ދުވަހެއްވީއިރުވެސް އެކަން ކާމިޔާބުވުމުގެ އެއްވެސް ނިޝާނެއް ނުފެނުމުން އެނބުރި އަނެއްކާވެސް އެންމެ ބޮޑު ޞިޙުރުވެރިޔާ ގާތަށްގޮސް އެއްވެސް ކާމިޔާބެއް ނުލިބުނު ކަމަށް ބުންޏެވެ.
ސިޙުރުވެރިޔާ ބުންޏެވެ. "ތިއަކަން ވާކަށް ނެތެވެ! ތިއަކަން ހަނދާން ނައްތައިލާށެވެ! އެންމެ ބާރުގަދަ ހުޝިޔާރު ޖިންނި އެތައް ފަހަރަކު ފޮނުވުމުންވެސް އެންމެ ކުޑަމިނުން އޭނާ އުޅޭގެވެސް ޖިންނިއަކަށް ނުފެނުނެވެ."
މިވީ ކިހިނެއްކަމަށްތޯއެވެ؟ އެކުއްޖާއަކީ ކޮންމެ ދުވަހަކުވެސް ބަޤަރާ ސޫރަތް ކިޔަވާ ކުއްޖެކެވެ. އެހެންވީމާ އެންމެ ބާރުގަދަ، އެންމެ ހުޝިޔާރު ޖިންނި ފޮނުވުމުންވެސް އޭނާ އުޅޭގެވެސް ޖިންނިއަށް ނުފެނުނީއެވެ.
މިއީ ރާއްޖޭގެ ޝައިޚަކު މިއަދުނޫހަށް ވިދާޅުވެދެއްވި ވާހަކައެކެވެ. ޝައިޚް ވިދާޅުވީ މިވާހަކައަކީ އޭނާއަށްވެސް ބޭރުގެ ބޮޑު ޝައިޚަކު ވިދާޅުވެދެއްވާފައިވާ ޙަޤީޤީ ވާހަކައެއް ކަމަށެވެ.
ޝައިޚް ވިދާޅުވިއެވެ. "ޞިޙުރު ނުޖެހުނަސް ޞިޙުރުގެ ނުބައިކަމުން ސަލާމަތްވެހުރުމަށްޓަކައި ކޮންމެ ދުވަހަކުވެސް ބަޤަރާ ސޫރަތް ކިޔަވާށެވެ! އެއްދުވަހުން ނުކިޔެވޭނަމަ 3 ދުވަހުން ނަމަވެސް ކިޔަވާށެވެ. އެމީހަކަށް ޞިހުރެއް ނުޖެހޭނެއެވެ. ޞިޙުރުން ރައްކައުތެރިކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ