ޙަޤީޤީ ޙާދިސާ: އަނބިންގެ ރީތިކަމަކީ ބޭރުފުށުގެ ރީތިކަން ނޫންކަމާ އުފާވެރިކަން ލިބެނީ ސިފަހުތުރުވިޔަސް ހިތް ރީތިވުމުންކަން ތަޖުރިބާކުރި ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 22ސ
ޙަޤީޤީ ޙާދިސާ: އަނބިންގެ ރީތިކަމަކީ ބޭރުފުށުގެ ރީތިކަން ނޫންކަމާ އުފާވެރިކަން ލިބެނީ ސިފަހުތުރުވިޔަސް ހިތް ރީތިވުމުންކަން ތަޖުރިބާކުރި ޒުވާނެއްގެ ވާހަކަ-

އަޅުގަނޑުގެ ހުރީ މަންމައެކެވެ. ބައްޕަވަނީ އަޅުގަނޑު ވަރަށް ކުޑައިރު ނިޔާވެފައެވެ. މަންމަ އަޅުގަނޑު ގެންގުޅެ ބޮޑުކުރީ ވަރަށް މަސައްކަތުންނެވެ. އެކަމުގެ އަގު އަބަދުވެސް ވަޒަންކުރަމެވެ. މަންމަގެ ހިތުގައި ޖެހޭނެ ފަދަ އެއްވެސް ކަމެއް ނުކުރަމެވެ. މަންމަ ކުރަން ބުނާ ހުރިހާ ކަމެއްވެސް ކުރެއެވެ. 

އަޅުގަނޑު ބޮޑުވެ ވަޒީފާއަދާކުރަން ފެށިތަނާހެން އެއްދުވަހަކު މަންމަ އަޅުގަނޑު ގެންގޮސް ގާތުގައި ބައިންދާފައި ބުނީ މިއުޅެނީ ވަރަށް ބޮޑު ކަމަކު ކިޔަންވެގެން ކަމަށެވެ. އެހެން ބުނެފައި ބުނީ ކައިވެނިކުރާ ވަރަށް އަޅުގަނޑު ބޮޑުވެއްޖެކަމަށާއި އަވަހަށް ކައިވެނިކުރަން އެދޭކަމަށެވެ. ކައިވެނިކޮށް މާމަދަރިން ލިބެން ފެށުމަކީ މަންމަ އެންމެ ބޮޑަށް ބޭނުންވާ ކަންތައް ކަމަށެވެ. 

ދެން ބުނީ ކައިވެނިކުރަން ކުއްޖަކުވެސް ހޯދާފައި އެބަހުރިކަމަށާއި އެކުއްޖަކީ މަންމަގެ އެންމެ ގާތް އެކުވެރިޔާގެ ދަރިފުޅުކަމަށެވެ. އެކުއްޖާ އާއި ކައިވެނިކުރުމުން އަޅުގަނޑު ހިތްހަމަނުޖެހޭ އެއްވެސް ކަމެއް މެދުވެރިނުވާނެ ކަމަށެވެ. 

އެކުއްޖާ އާއިމެދު އަޅުގަނޑުގެ ހިތުގައި ވަރަށް ބޮޑެތި ސުވާލުތައް އުފެދުނެވެ. އޭނާ ހެދުންލައި އުޅޭގޮތާއި އަބަދު ސަކަރާތްޖެހުން ފަދަ ކަންކަން ކުރާ ކުއްޖަކަށްވާތީ އަޚްލާޤީ ގޮތުން ރަނގަޅު ކުއްޖަކަސްނުވެދާނެތީއެވެ. އަދި މޫނުމަތީގައި މަކަރުކަން ހުންނަކަމަސްވެސް އަޅުގަނޑަށް ޤަބޫލުކުރެވޭތީއެވެ. 

ހުރިމައްސަލަތަކާއިއެކުވެސް މިކިޔަނީ ވަރަށް ބޮޑު ކަމަކު ކަމަސްބުނެ މަންމަ އެދުމުން ދެކޮޅު ނުހަދަން އެކަން އަޅުގަނޑު ޤަބޫލުކުރީމެވެ. ކައިވެނިކުރީމެވެ. ކައިވެނިކުރުމަށްފަހު ކަންކަން މެދުވެރިވީ އަޅުގަނޑަށް ވިސްނުނު ގޮތަށެވެ. އޭނާގެ ކިބައިން ލޯތްބެއް އަޅައިލުމެއް ނުލިބެއެވެ. އަޅުގަނޑުގެ ހުރިހާ ކަންކަން ވެސް ކޮށްދޭންޖެހުނީ މަންމައަށެވެ. އެހެންކަމާއިއެކުވެސް އަޅައެއް ނުލަމެވެ. އެއްވެސް އެއްޗެއް ނުބުނަމެވެ. ކެތްތެރިވެލައިގެންހުރީއެވެ. މަންމައަށްޓަކައެވެ. 

އެއްރެއަކު މަންމަ ގޮވައިގެން ބާޒާރަށް ދިއައީމެވެ. މަންމަ ބޭނުން އެއްޗެތިގަނެގެން މަންމަ ބޭނުންވީ މަންމަގެ ކޮއްކޮގެ ގެއަށް ވަދެލާށެވެ. އެހެންވެ މަންމަ ގޮވައިގެން އެގެއަށްވެސް ދިއައިމެވެ. ގެއަށް އާދެވުނީ 12 ޖަހަން އުޅެނިކޮށެވެ. 

ގެއަށް ގޮސް ކޮޓަރި ހުޅުވައިލުމުން ފެނުނު މަންޒަރު ވީޑިއޯކޮށްލީމެވެ. ނަމަވެސް އަނގައަކުން ނުބުނަމެވެ. ކޮޓަރިއަސްވަދެ އެއްޗެތި ބަދަލުކޮށްލައިގެން ގޮސް ސިޓިންގ ރޫމްގައި ނިދައިލީއެވެ. ފަތިހު ހޭލައިގެން ފަތިސްނަމާދަށްދާން ތައްޔާރުވާން ކޮޓަރިއަށް ދިއައިރު އަނބިމީހާ ހޭލައި އެނދުގައި އިނެވެ. އަނގައަކުން ނުބުނަމެވެ. ތައްޔާރުވެލައިގެން ނަމާދަށް ދިއައީއެވެ. 

ނަމާދުން އައިއިރު އާދައިގެމަތިން މަންމަ ހުރީ ސައިހަދައިފައެވެ. ދެމައިން އެކުގައި ސައިބޯން ތިއްބައި އަނބިމީހާ އައިސް އިށީނުމުން ބުނީމެވެ. "މަންމާއެވެ. މީނައާއި ކައިވެނިކުރަން މަންމަ ބުނި ދުވަހު އަޅުގަނޑު އެއްވެސް ސުވާލެއް ނުކުރަމެއް ނޫންތޯއެވެ؟ މިއަދު މަންމަވެސް އިތުރު ސުވާލުނުކުރައްވާށެވެ. އަޅުގަނޑު މީނަ ވަރިކޮށްފީމެވެ. މިގެއިން ފޮނުވައިލާށެވެ!" އެހެން ބުނެފައި ތެދުވެގެން ދިއައީއެވެ. އެއީ މަންމަ އެއްޗެއް ބުނެފާނެތީ ޖަވާބުނުދޭންވެގެންނެވެ. 

އެކަނި 7 މަސްދުވަހު ހުރެފައި ލޯބިވެރިއަކު ހޯދައިގެން ކައިވެނިކުރީމެވެ. މަންމައަކަށް އެކުއްޖާ ކަމަކު ނުދިއައެވެ. އޭނާ ލައިއުޅޭ ހެދުމުގެ ފެންވަރު ކަމަކު ނުދިއައެވެ. ގޭތެރޭގައި މަޑުން އިންނާތީ ކަމަކު ނުދިއައެވެ. މިހެންގޮސް ބައިވަރު މައްސަލަތަކެވެ. 

ދެން ފެންނަންފެށީ މންމަގެ އެކުވެރިޔާ އާއި ދަރިފުޅު ގެއަށް ގެނެސްގެން ގެންގުޅޭތަނެވެ. އެކަމަކަށް ބަހެއް ނުބުނަމެވެ. އަނބިމީހާ ގާތުގައި ބުނެފައި އޮންނާނީ އެމީހުން އުޅޭ ވަޤުތުތަކުގައި ކޮޓަރިން ބޭރަށް ނުނުކުތުމަށެވެ. ނަމާދުކޮށްލައި ކިޔަވާ ހަދާލަން ކޮޓަރީގައި މަޑުކުރުމަށެވެ. 

އެގޮތަށް އުޅެމުންދަނިކޮށް ހުކުރު ދުވަހަކު ހަވީރު އަޅުގަނޑުމެން ދެމަފިރިން ޣޭގައި ސައިބޯން ތިއްބައި އެދެމައިން އަތުވެއްޖެއެވެ. ސައިމޭޒުގައި މަންމަ އާއި އެންމެން އިށީނދެފައި ކުރީގެ އަނބިމީހާގެ މަންމަ އަޅުގަނޑުގެ އަނބިމީހާ ކަޓުކަމުން ވާހަކަދައްކަން ފަށައިފިއެވެ. މަލާމާތާއި ފުރއްސާރަކުރަން ފަށައިފިއެވެ. އެހިސާބުން އަޅުގަނޑަކަށް ކެތެއް ނުކުރެވުނެވެ. ބުނީމވެ. 

"އަޅުގަނޑުގެ އަނބިމީހާއަށް ވަރަށް ގިނަ މަލާމާތާއި ފުރައްސާރަކުރެވިއްޖެ ނޫން ހެއްޔެވެ؟ ތެދެކެވެ. ކަލޭގެ ދަރިފުޅުގެ ސިފަ ވަރަށް ރީއްޗެވެ. ލާހެދުމުގައިވެސް ފެންވަރު އެބަހުއްޓެވެ. ގައިގައި އަގުބޮޑު ގަހަނާ އަޅާފައި އެބަހުއްޓެވެ. އެކަމަކު ޙަޤީޤަތަކީ އޭނާއަކީ ނަޖިހެއްކަމެވެ. އެއްވެސް ތާހިރުކަމެއް ނެތެވެ. ޚިޔާނާތްތެރިއެކެވެ. ބޭވަފާތެރިއެކެވެ. ހިލޭ ފިރިހެނުން އަޅުގަނޑުގެ ކޮޓަރިއަށް ވައްދައިގެން ޒިނޭކުރި އަންހެނެކެވެ. 

މަންމަ މިތަނުންދާށެވެ. ދެމީހުން ގަނޑުގަނެފައި ބަރަހަނާ ޙާލު ނިދަންތިބި ވީޑިއޯ ދައްކައިލާނަމެވެ. މިވާހަކަ މަންމަ ގާތުގައިވެސް މިހައިތނަށްވެސް ނުބުނަމެވެ. ނަމަވެސް ބުނަން މަޖުބޫރުކުރުވީމާ މިބުނީއެވެ. 

އަދިވެސް ބުނަން ހެއްޔެވެ؟ ކައިވެނިކޮށްގެން އުޅުނުއިރު އަހަރެންގެ ކަންކަންވެސް ކޮށްދޭންޖެހުނީ މަންމައަށެވެ. މިހާރުގެ އަނބިމީހާ ގެނައިފަހުން މަންމަގެ ކަންކަންވެސް ކުރާކަށް މަންމައަކަށް ނުޖެހޭނެއެވެ. ދެން ނިކަން ބުނެބަލާށެވެ. ތިއަ އަންހެނާ އާއި ބުއްދިސަލާމަތުން ހުރި މީހަކު ކައިވެނިކުރަންވެސް ހެޔޮވެދާނެ ހެއްޔެވެ؟ 

އަޅުގަނޑު ކައިވެނިކުރީވެސް ތިއައީ ކަމުދާ އަންހެނެއް ނޫންކަން އެނގިހުރެއެވެ. ނަމަވެސް މަންމަގެ ހިތުގައި ޖެހޭނެ ގޮތަކަށް ކަމެއް ނުކޮށް ދުނިޔޭގައި އުޅެވޭތޯ ބަލަންވެގެންނެވެ. ހުރިހާ ކަމަކަށް ކެތްކުރީމެވެ. އެކަމަކު ކެތް ނުކުރެވޭނެ ވަރުގެ ކަންކަން ލޮލަށް ފެނުމުން ވަރިކުރަންޖެހުނީއެވެ." 

ބުނާނެ އެއްޗެއް ނުއެނގި 3 މީހުން އެތައް އިރަކު ތިއްބެވެ. އަޅުގަނޑުގެ މަންމަ ވަރަށް ދެރަވެފައި އަޅުގަނޑާއި އަނބިމީހާގެ ކިބައިން މާފަށް އެދުމުން ދެމީހުންވެސް މަންމައަށް މާފުކޮށްފައި ތެދުވެގެން ދިއައީއެވެ. އެއިގެފަހުން އެދެމައިންކުރެ މީހަކު ގެއަކަށް ނައުދެއެވެ. 

ކައިވެންނަށް 5 އަހަރުވީއެވެ. 2 ދަރިންނާއިއެކު 3 މައިން އުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ. އިން ޝާ ﷲ

 

- ވަޙީދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން