ދާދިފަހުން ބައްދަލުވި ދެމަފިރިއަކު ބުނީ އެދެމީހުން ނުހަނު ލޯބިންކުރި ދެމީހުންގެވެސް އަލަތު ކައިވެނި ރޫޅިގެންދިއައީ ފިރިމީހާ އެވަގުތު ލާން ބޭނުންވި ގަމީސް އިސްތިރިކުރެވިފައި ނެތިގެން ކަމަށެވެ. އެގަމީސް އިސްތިރިނުކުރެވި އޮތްނަމަވެސް އިސްތިރިކޮށް 7 ގަމީސް އޮތެވެ.
ހެދުނު ބޮޑު ގޯސްވިސްނި އަލުން ކައިވެނިކޮށް ދެމީހުން މިހާރު ދިރިއުޅެނީ އުފަލުގައިކަމަށާއި އިސްތިރިކުރަން މިހާރު ޤަވާއިދެއް ހަދާފައިވާ ކަމަށެވެ. އެޤަވާއިދުބުނާގޮތުން ވަޤުތުން އިސްތިރިކުރަން ފިރިމީހާ ބޭނުންވާ އެއްޗެތި އިސްތިރިކޮށެއް އަނބިމީހާ ނުދޭނެއެވެ. ބޭނުންނަމަ ޖެހޭނީ އަމިއްލައަށް އިސްތިރިކުރާށެވެ. އަނބިމީހާ ކުށްވެރިވާނީ އިސްތިރިކޮށްފައި އެއްޗެއް ނެތިއްޖެނަމައެވެ.
މިޤަވާއިދަށް ޢަމަލުކުރަންފެށިފަހުން އިސްތިރިނުކޮށް ހުރެގެން އެއްވެސް މައްސަލައެއް ކުރިމަތިވެގެން އުޅޭކަށް ނުޖެހެއެވެ. އެވާހަކަ ފިރިމީހާ ނުވެސްދައްކައެވެ.
- އަލަފް