މަސްޖިދުއްނަބަވީގެ ހަރިންމަ ތެރޭގަ އަންހެނަކު ވިހައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
މަސްޖިދުއްނަބަވީގެ ހަރިންމަ ތެރޭގަ އަންހެނަކު ވިހައިފި

މަސްޖިދުއްނަބަވީގެ ހަރިންމަ ތެރޭގައި އަންހެނަކު ވިހައިފި ކަމަށާއި އެއީ ވަރަށް މަދުން ނޫނީ ދިމާވެފައިވާ ކަމެއް ނޫން ކަމަށް ސައުދީ ރެޑްކްރެސެންޓޫން ބުނެފިއެވެ. 

ރެޑްކްރެސެންޓްގެ ޑިރެކްޓަރ ޖެނެރަލް ޑރ. އަޙްމަދު ބިން ޢަލް ޒަހްރާނީ ވިދާޅުވެފައިވަނީ އެމްބިޔުލާންސަށް ގުޅުމުން ޓީމަށް ދެވުނުއިރު އަންހެންމީހާ ވިހަނީ ކަމަށެވެ. "އެއިރުވެސް ފެންދުލި ފަޅައިގެންގޮސް ކުއްޖާގެ ބޯވަނީ ބޭރަށް ނުކުމެފަ. އެނާޒުކު ޙާލަތުގައި މެޑިކަލް ޓީމުންވަނީ އެހީތެރިކަން ފޯރުކޮށްދީފައި." 

އޭނާއަށް އެހީތެރިވީ ޓީމުގައި ހިމެނޭ ޞިއްހީ އެހީތެރިއަކު ކަމަށެވެ. ވިހެއުމުން ބަބް އަލް ޖިބްރީލް މެޑިކަލް ސެންޓަރަށް ގެންގޮސް އިތުރު ފަރުވާ ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. 

މުސްލިމުންގެ ދެވަނައަށް އެންމެ މުޤައްދިސް ބިނާ ކަމުގައިވާ މަސްޖިދުއްނަބަވީގެ ޙަރިންމަ ތެރޭގައި ވިހެއި ކުއްޖާއަށާއި އޭނާގެ މައިންބަފައިންނަށް ﷲ ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާށި! އާމީން

ގުޅުންހުރި ލިޔުން : ސައުދީ ގެޒެޓުން: 

 

މިއަދު އޮންލައިން