ކޮރަޕްޝަން ހުއްޓުވަން ސަޢުދީ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން 138 މުވައްޒިފަކު ހައްޔަރުކޮށްފައިވާކަމަށް ސައުދީ ގެޒެޓުގައި ހާމަކޮށްފިއެވެ. މީގެ ތެރޭގައި ތަފާތު ޢަމަލުތައް ކުރުމާއި ލިބިފައިވާ ބާރުގެބޭނުން ނަހަމަގޮތުގައި ހިފުންވެސް ހިމެނެއެވެ.
ކޮރަޕްޝަން ހުއްޓުވުމަކީ ހަމައެކަނި އެކަމުގެ ވާހަކަދެއްކުމަކުން އަދި މުއައްސަސާތައް ހެދުމަކުން ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ޙާޞިލުކުރެވޭނީ އެފަދަ ޢަމަލުތައްކުރާ މީހުންނާއިމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅައި ދޭންޖެހޭ އަދަބުދީގެންނެވެ.
ގުޅުންހުރި ލިޔުން: