އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީއާ ގުޅިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
އަލްހާން ފަހުމީ ޖުމްހޫރީ ޕާޓީއާ ގުޅިއްޖެ

އަލްހާން ފަހުމީ، ޖުމްހޫރީ ޕާޓީއާއި އަލުން ގުޅިއްޖެއެވެ.

 

އަލުހާން ފަހުމީ ވިދާޅުވީ އޭނާ އަކީ އަބަދުވެސް އެއިރެއްގައި ކޮދެވެން އޮންނަ ގޮތަކަށް ޤައުމަށް ޚިދުމަތް ކުރައްވަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި ރައީސް ޔާމީނު ވެރިކަމަށް ގެންނަވަން މަސައްކަތްކުރެއްވީވެސް އެއީ އެއިރު އެކަން ކުރެއްވެން އޮތް ގޮތް ކަމަށްވާތީ ކަމަށެވެ.

 

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ އަލްހާން ފަހުމީ އަކީ ވެސް ސިޔާސީ މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި ސިޔާސީ މަސައްކަތުގައި އުޅުއްވާ ބޭފުޅުން ޕާޓީ ބަދަލުކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަކީ އެޕާޓީ އާއި ގުޅެން ބޭނުންވާ ހުރިހާ އެނެމެންނަށް މަރުހަބާ ކިޔާނެ ޕާޓީއެއް ކަމަށެވެ. 

 

މިއަދު އޮންލައިން