މާލޭގައި މިހާރު މީހުން ވަޅުލަމުންދާ ސަހަރާ ދާދިއަވަހަށް ފުރޭނެތީ އިތުރު ބައަކަށް ފަސްއަޅައި މީހުން ވަޅުލަން ތައްޔާރުކޮށްފިއެވެ.
މައްސަލަ ކުރިމަތިވާނީ އެބައިފުރެންވާއިރަށް ދެން ކަންތައް ކުރާނެ ގޮތަކާއިމެދުގައެވެ. މިހާރު ފުރިފައި ހުރި ބައިތަކަށް އިތުރަށް ފަސްއަޅާނަމަ ފާރު ވަރުގަދަކޮށް އެކަމަށް ކުރިއާލައި ތައްޔާރުވާންޖެހޭނެއެވެ.
މީހުން ވަޅުލުން ހުޅުމާލޭ ސަހަރާއަށް ބަދަލުކުރަން ކުރިން މަސައްކަތްތަކެއް ކުރިއެވެ. އެކަމާއި ގުޅިގެން ގިނަބައަކު ވަނީ ނުރުހުން ފައުޅުކޮށްފައެވެ. އެހެންކަމުން މިއީ ކުރިއާލައި ގޮތްތަކެއް ހަމަޖައްސަންޖެހޭ ކަމެއްކަން ފާހަގަކުރެވެއެވެ.