ޢިލްމު ހޯދުމުގެ މާތްކަމާ އެކަމުން ލިބޭ ބައެއް ފައިދާތައް-

ކިޔުމަށް ހޭދަވާނީ 1މ 19ސ
ޢިލްމު ހޯދުމުގެ މާތްކަމާ އެކަމުން ލިބޭ ބައެއް ފައިދާތައް-

- ޢާއިޝަތު ރަފާޙް ޢަލީ

ޝަރުޢީ ޢިލްމު ހޯދުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައިވާ ކަމެކެވެ. އަދި ދީނީ ޢިލްމު އުނގެނުމުގެ ސަބަބުން ﷲ މަޢްރިފާކޮށް ދެނެގަނެ، ހެވާއި ނުބައި ވަކިކުރަން އިންސާނާއަށް އެނގިގެންދެއެވެ.

މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ޒުމަރް ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ  މާނައީ:”ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟" 

ތިރީގައި މި ބަޔާން ކޮށްލަނީ ޝަރުޢީ ޢިލްމު އުނގެނުމުގެ ބައެއް ފައިދާތަކެވެ. 

·      ޝަރުޢީ ޢިލްމު އުނގެނުމަކީ ވަރަށް މަތިވެރި ޢަމަލެއް

·      ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިން.

·      ޢިލްމު އުނގެނުމަކީ ސުވަރުގެ ވަނުމަށް ލިބޭނެ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަން

·      ޝަރުޢީ ޢިލްމު އުނގެނުމުން ދިޔުމުން ﷲ ސުބްހާނަހޫ ވަތަޢާލާގެ އިރާދަފުޅާއެކު އެއަޅަކަށް ހެޔޮގޮތްތައް މެދުވެރިވެގެން ދާނެކަން

·      ފައިދާހުރި ޢިލްމެއް ދޫކޮށްފައި ގޮސްފިނަމަ މަރުވުމަށްފަހުވެސް އެކަމުން ޘަވާބު ލިބިލިބި ހުންނާނެކަން

މިއަދު އޮންލައިން