އިނގިރޭސިވިލާތުގައި ބޭއްވި ފިރިހެން ދަރިއެއްގެ ކައިވެނި ހަފްލާއަށް މަންމަ ނުގެންދިއުމުން އެމީހުން ދިރިއުޅެމުން އައިގެ ވިއްކާލައިފިއެވެ. ދަރިފުޅު ބުނީ އެފަދަ ހަފްލާއަކަށް ގެންދަން މަންމަ ކުފޫހަމަނުވާ ކަމަށެވެ.
ބައްޕަ ބުނީ ގެ ގަތީ ޢާއިލާ އެކުގައި އުފަލުގައި ދިރިއުޅެން ކަމަށާއި ގެއަށްދައްކަންޖެހޭ ޓެސްތަކާއި ބިލްތައް ދައްކަނީ ބައްޕަކަމަށާއި ގެއަށް އެއްވެސް ޚަރަދެއް ދަރިފުޅު ނުކުރާ ކަމަށެވެ. ދަރިފުޅު ގޭގައި އުޅެނީ މުޅިން ހިލޭ ކަމަށެވެ.
"އަހަރެމެންގެ ހުރީ އެންމެ ދަރިއެއް. އެދަރިފުޅުގެ ކައިވެނި ހަފްލާއަށް ގެންދަން އަހަރެމެން ކުފޫހަމައެއް ނުވި. ދެން ކީއްކުރަން އެވަރުގެ ދަރިއަކާއިއެކު ދިރިއުޅެނީ؟ އަދި ހިލޭ ސާބަހަށް އަހަރެމެންގެ ގޭގައި ދިރިއުޅެން ފުރުޞަތުދޭންވީ؟ ދަރިފުޅު ގެއިން ބޭރުކޮށްލާފަ އެގޭގަ އަހަރެމެން އުޅޭކަށްވެސް ބޭނުމެއް ނޫން. ކޮލެޖް ނިންމީމަ ބޮޑު ގެއެއް ގަތީ ވަރަށް އުންމީދާއެކު." ކަމަށް ބައްޕަ ބުނެފައިވެއެވެ.
މިޚަބަރު ނޫސްތަކުގައި ޢާންމުވުމުން އެތައްހާސް ބައަކު ވަނީ ކޮމެންޓްކޮށްފައެވެ. ގިނަ މީހުން ވަނީ ގެވިއްކާލަން ނިންމި ނިންމުމަށް ތާއީދުކޮށްފައެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ވިސްނުމަކީ ކޮބައިތޯ؟