ޑްރްގް ހުއްޓުވަން މަސައްކަތްކުރާނަމަ ޢަމަލުކުރަންޖެހޭ ގޮތުގެ ނަމޫނާ ދައްކައި ޔޫއޭއިން އިނގިރޭސި ތަރިއަކު ހައްޔަރުކޮށްފި-

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
ޑްރްގް ހުއްޓުވަން މަސައްކަތްކުރާނަމަ ޢަމަލުކުރަންޖެހޭ ގޮތުގެ ނަމޫނާ ދައްކައި ޔޫއޭއިން އިނގިރޭސި ތަރިއަކު ހައްޔަރުކޮށްފި-

އިނގިރޭސިވިލާތުގައި މަޝްހޫރު ތަރިއެއް ކަމުގައިވާ ކަޒް ކްރޮސްލީ މީގެ 2 އަހަރު ކުރިން ޔޫއޭއީގައި ޑްރަގް ބޭނުންކުރި މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ. 

އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ ލިބިފައިވާ ވީޑިއޯ ކްލިޕަކުންނެވެ. އެހެންވެ އެއިރުންސުރެ ފާރައަށް ތިބެފައި އަތުލައިގަތީ ތައިލަންޑަށްދާން ޓްރާންސިޓްކޮށް ޔޫއޭއީގެ އެއާޕޯޓުގައި އިންދައެވެ. 

ޚަބަރުތައް ބުނާ ގޮތުން އެއިރު އޭނާ ޔޫއޭއީއަށް ގޮސްއުޅުނީ ކޮރޯނާ އާއި ގުޅިގެން އިނގިރޭސިވިލާތުގައި އޮތް ލޮކްޑައުންގެ ޙާލަތުން ސަލާމަތްވެ މިނިވަންކަމާއިއެކު އުޅުމަށެވެ. 

އެވީޑިއޯއިން ފެންނަނީ ހުދުކުލައިގެ ކުނޑިއެއް އޭނާ ބޭނުންކުރާ ތަނެވެ. މިޚަބަރު ޢާންމުވުމުން ގިނަބައަކަށް ލިބުނީ ޙައިރާން ކަމެކެވެ. އެއީ 2 އަހަރުކުރިން ކުރި އެވަރުގެ ކަމެއްގައި މިހައި ދުވަސްފަހުން އޭނާ އަތުލައިގަނެ ފިޔަވަޅު އެޅުމުންނެވެ. އަދި މިކަމުން އަނގައިދިނީ ޔޫއޭއީގެ ފުލުހުން މިފަދަ ކަންކަމަށް ހޭލުންތެރިވެ ތިބޭވަރުކަން ކަމުގައިވެސް ގިނަ ބައަކު ބުނެފައިވެއެވެ.

މިއަދު އޮންލައިން