އަގޯރާ މަޖީދީމަގު ފިހާރަ ހުރިތަނުގަ ރެޑްވޭވްގެ ފިހާރައެއް މާދަމާ ހުޅުވަނީ-

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އަގޯރާ މަޖީދީމަގު ފިހާރަ ހުރިތަނުގަ ރެޑްވޭވްގެ ފިހާރައެއް މާދަމާ ހުޅުވަނީ-

މަޖީދީމަގުގައި އަގޯރާގެ މައި ބޮޑު ފިހާރަ ހިންގަމުން އައި ތަނުގައި ރެޑްވޭބްގެ ގިހާރައެއް މާދަމާ ހުޅުވާނެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުން ފިހާރަ ގުޅުވަން ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4 ޖަހާއިރުއެވެ. 

މިއީ 5 ބުރީގެ ޢިމާރާތެއްގައި އެކަށީގެންވާ ބޮޑު ޖާގައެއްގައި ޚިދުމަތްދޭނެ ފިހާރައެކެވެ. ފިހާރަ ހިންގާ ރެޑްވޭވް ގްރޫޕަކީ މިހާރު ރާއްޖެއަށް އެންމެ ގިނަޢަދަދަކަށް، އެންމެ ގިނަ ބާވަތްތަކުގެ ތަފާތު މުދައު އެތެރެކޮށް އެންމެ ހެޔޮ އަގުގައި މުދައު ވިއްކަމުން އަންނަ ގްރޫޕްކަމަށްވުމުން ރެޑްވޭވްގެ ފިހާރަތަކުން އެންމެ ހެޔޮ އަގުތަކުގައި ތަފާތު ބާވަތްތައް ގަންނަން ލިބޭކަން ކަސްޓަމަރުން ފާހަގަކުރެއެވެ. 

ރެޑްވޭވް ގްރޫޕުން އެތެރެކޮށް އެންމެ ހެޔޮ އަގުތަކުގައި ވިއްކާ ތަފާތު ބާވަތްތަކުގެ ތެރެއިން މަޖާން މަރުކާގެ ހިކިކިރާއި މޯލްފިކްސް މަރުކާގެ 2 ވައްތަރުގެ ނެޕީއަކީ މިހާރު ބާޒާރުން އެންމެ ހެޔޮ އަގުގައި ލިބެންހުރި އެންމެ ފެންވަރު ރަނގަޅު ބާވަތްތައްކަންވެސް ކަސްޓަމަރުން ފާހަގަކުރެއެވެ.

ރަމަޟާން މަހަށް ޚާއްޞަކޮށްގެން ނަޞީބުވެރިންނަށް ބޮޑެތި އިނާމުތައް ލިބޭ ގޮތަށް ކުރިއަށް ގެންދާ ރެޑްވޭވް ރޯދަ ސޭލަކީ ނަންހުސްކޮށް އެންމެ ގިނަ ބާވަތްތައް އެންމެ ހެޔޮ އަގުގައި ލިބުމުގެ ފުރުޞަތު ފަހިވެފައިވާ ސޭލެވެ. ފަރުނީޗަރާއި ބަދިގޭސާމާނުން ފެށިގެން ކާބޯތަކެތީގެ ހުރިހާ ބާވަތްތައްވެސް މި ޕްރަމޯޝަނުގައި ވަނީ ބޮޑުތަނުން އަގުހެޔޮކޮށްފައެވެ.

ރެޑްވޭވްގެ ފިހާރަތަކުން ވިއްކާ ފޭރާމުގެ ފެންވަރު ރަނގަޅުވެފައި ބޮޑުތަނުން އަގުހެޔޮކަންވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން